ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ޕާޓިއަކުން ކުރިމަތިލާނީ ގާބިލް ކެނޑިޑޭޓްއެއް، އަޖުމާ ބަލާލުން ރަނގަޅު: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރ، ދުންޔާ މައުމޫން/ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައު ޕާޓީއަކުން އިންތިހާބަކަށް ކުރިމަތިލާއިރު، ޕާޓީގެ ކުޅަދާނަކަމުގެ އަޖުމަ ބަލާލުން ރަނގަޅުކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލްކެޝަންގައި ވާދަކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ އަކީ އަލަށް އިންތިހާބެއްގައި ވާދަކުރާ ޕާޓީއެއްކަން ފާހަގަކޮށް ދުންޔާ ވިދާޅުވީ އެމްއެންޕީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު އޮތް އެންމެ ހަގު ޕާޓީކަމަށެވެ.

ސަންގު ޓީވީގެ “ޙަބަރަށްފަހު” ގައި ވާހަކަދައްކަމުން ދުންޔާ ވިދާޅުވީ އެމްއެންޕީ އާއި އެކު މަސައްކަތް ކުރަމުންދަނީ ސިޔާސީ ތަޖުރިބާ ހުރި ބޭފުޅުން ކަމަށެވެ. އަދި އެމްއެންޕީގެ ފަރާތުން އިލެކެޝަންގައި ވާދަކުރާ އަބްދުލް ހަންނާން އިދްރީސް އަކީ މި ދާއިރާގައި ތަޖުރިބާ ހުރި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ދެމި ހުރި ބޭފުޅެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި ހަންނާން އަކީ ކުރާ މަސައްކަތުގައި އިހުލާސްތެރިކަން ދަމަހައްޓައި މީހުންނަށް އޯގާތެރިބޭފުޅެއް ކަމުގައިވެސް ދުންޔާ ވިދާޅުވިއެވެ.

އެމްއެންޕީގެ މަސައްކަތްތަކާއި މެދު ހިތްހަމަޖެހޭކަން ފާހަގަކޮށް ދުންޔާ ވިދާޅުވީ، ޕާޓީން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށް ގްރައުންޑް މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ އިތުރުން ޕާޓީގައި އިސްކޮށް ތިބި ލީޑަރުން ކުރަނީ ޕާޓީއަށް ކުރިއެރުން ލިބޭނެ މަސައްކަތްތަކެއް ކަމުގައިވެސް ވިދާޅުވިއެވެ.

ހަމައެއާއި އެކު، ދުންޔާވަނީ ސަރުކާރާއި މެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް ވިދާޅުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 3 އަހަރު ނިމިގެން ދިޔަ އިރު ވީވައުދުތަކުގެ ތެރެއިން ނުކުރެވޭ ގިނަ ކަންތައް ހުރުމަކީ ރައްޔިތުންނަށް ލިބުނު ނިކަމެތިކަމެއްގެ ގޮތުގައި ދުންޔާ ސިފަ ކުރެއްވި އެވެ.

“ވަރަށް އިތުބާރާއި އެކު ރައްޔިތުން ވޯޓުދީ ހޮވި ވެރިއެއް.. ސަރުކާރާއި ހަވާލު ވުމަށްފަހުގައި ރައްޔިތުން ތިބީ ވަރަށް އުއްމީދުކޮށްގެން. ނަމަވެސް ދުވަސްފާއިތުވަމުން ދިޔަ ވަރަކަށފެނުނީ ތަފާތު މަންޒަރެއް. ނުކުރެވޭ ކަންތައް މިއަދު މިއޮތީ ގިނަވެފައި. މިކަމުގެ ސަބަބުން ރައްޔިތުން މިތިބީ ސަރުކާރާއި މެދު ޑިސަޕޮއިންޓް ވެފައި.” އުންޔާ

ދުންޔާ ފާހަގަކުރެއްވި ގޮތުގައި ސަރުކާތުން އެކި މަޝްރޫއުތައް ހިންގާ ކަމަށް ބުނި ނަމަވެސް، ކުރިޔަށްދާ މަޝްރޫއެއް ފެންނާކަށް ނެތެވެ. އަދި ވަކިން ހާއްސަކޮށް މާލެއާއި ހުޅުމާލެ ފަދަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބުނު ވަކި ފައިދާއެއް ނުވަތަ ކުރިއެރުމެއް ނެތްކަމަށް ދުންޔާގެ ވާހަކައިގައި ވިދާޅުވި އެވެ. މިއަދު ވެރިކަމުގައި އޮތީ މާ ކުރިންވެސް ވެރިކަން ކުރި ޕާޓީއެއް ނަމަވެސް، އެކަމުގެ ފައިދާ ނަގަން އެމްޑީޕީއަށް ނޭގުނު ކަމަށް ދުންޔާ ވިދާޅުވިޮއެވެ.

އެމްއެންޕީއަކީ އައު ޕާޓީއެއް ކަމަށާއި، ސިޔަސީ އެއްވެސް ވެރިކަމެއް ކުރުމުގެ ތާރީހެއް ނެތް ޕާޓީއަކަށް ވުމުން މިއީ ރައްޔިތުންނަށް އައު ޕާޓީއެއްގެ އަޖުމަ ބަލާލަން ލިބޭ ފުރުސަތެއް ކަމުގައި ދުންޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދުންޔާ ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު މިއަދު މިއޮތީ ރައްޔިތުން ގަބޫލުނުކުރާ ހިސާބަށް ގޯސްވެފައިކަމަށް ވިދާޅިވެފައެވެ. އެއް ގައުމަކަށް ބަރޯސާ ވެގެން ވަކި ގައުމެއްގެ ދަށު ވެގަތުމަކީ ރަނގަޅު ގޮތް ނޫން ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ކަނޑައެޅީއްސުރެ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ވެފައިވަނީ އެކި އެކި ގައުމުތަކާއި ގުޅިގެން މަސައްކަތްކޮށް އެކި ގައުމުތަކުން ރާއްޖެއަށް އެހީ ދިނުމާއި އެކު ރާއްޖެއާއި އެކު އޮންނަ ގުޅުން ބަދަހި ކުރާ ގޮތަށެވެ. މިހާރު ރާއްޖެއަކީ މިޑްލް އިންކަމް ގައުމަކަށް ވުމާއި އެކު ގައުމަށް ބޭނުންވަނީ މާލީ އެހީއާއި ލޯންތައްކަން ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ވަކި ގައުމަކަށް ބަރޯސާ ވެގަތުމަކީ ގައުމަށް އޮތް އެންމެ މަސްލަޖަތު ރަނގަޅު ގޮތެއް ޏޫން ކަމަށް ދުންޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: