ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒެއިނާ، ދުންޔާއަށް: ދޮގު ހަދަން ލަދެއް ނުގަނޭތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން “ދޮގު” ހަދަން ލަދު ނުގަނޭތޯ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސުވާލު ކުރައްވައިފިއެވެ.

ރޮޒައިނާގެ ނުރުހުން ދުންޔާއަށް އަމާޒުވީ، ރާއްޖެވަނީ ނާށިގަނޑެއްގެ ދަށުގައި ތާށިވެފައިކަމަށާއި މިހާރު އެހެނިހެން ގައުމުތައް ރާއްޖެ ދެކެނީ ސަލާން ޖަހާ ގައުމެއްގެ ގޮތުގައި ކަމަށް ދުންޔާ ވިދާޅުވުމާއި އެކުއެވެ. ދުންޔާ ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާ ރޮޒައިނާ ވިދާޅުވީ، ދުންޔާ ފޮރިން މިނިސްޓަރު ކަމުގައި ހުންނެވައިގެންވަނީ ރާއްޖެއާއި އެހެނިހެން ގައުމުތަކާއި ދެމެދު އޮންނަ ގުޅުން ނެތިކޮށްފައިކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަގު ވެއްޓިގެންދިޔައީ ދުންޔާ ފޮރިން މިނިސްޓަރު ގޮތުގައި ހުންނެވި އިރު ކަމަށެވެ. އެހެން ނަމަވެސް މިއަދު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ބެލުމުގެ ދަށުން ރާއްޖެއަށް މުޅި ދުނިޔެ ތައުރީފު ކުރަމުންދާކަމަށެވެ.

މީގެ އިތުރުން ރޮޒައިނާވަނީ ދުންޔާ އަދި އެކަމަނާގެ ކޮއްކޯފުޅު ޔުމްނާ ފަރާތުން ތަފާތުތަކެއް ފެނިގެންދާކަަމަށް ސިފަކުރައްވާފައެވެ.

ދުންޔާއަށް ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ރާއްޖެއަށް ފައިދާތަކެއް ހޯއްދަވައިދެވިފައިނުވާކަމަށް އިޝާރާތްކުރައްވާ ރޮޒައިނާ ވިދާޅުވީ، އެހެން ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރގެ މަގާމުގައި ހުންނަވާ ޔުމްނާ ކުރައްވަމުންދަނީ ފަރަގުތަކެއް ފެނިގެންދާވަރުގެ މަސައްކަތްތަކެއްކަމަށެވެ.

ވަރަށް ގަދަ
21%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 37%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 32%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އަޅޭ ތަންފުކެއް ބޮޑުވަރެއްތިދެން. ހާލުގައިޖެހިފައިތިބި އާބާދީގައި މިލިއަނެއް ހަމަނުވާ ތިަންޤައުމެއް ނަމާއި ދިދަޖެއްސެއް ކަމަކު ތިވަރުކުރާކަށްނުވާނެ. ތިޔާތެދެއް އިންޑިއާއިން ޖެހިހާ ބެރަކަށް ނަޝާކަށް ދުންޔާ ބޭނުމެއްނުވި. މިހާރުޔާ އިންޑިއާ އެމްބަސީއަށް ކުރުނީސްކޮށް އިންޑިއާ އެމްބަސީގެ އެންގުންތައް ތަންފީޒުކުރަން ޤާނޫންޔެރަށް ޤަރާރެއްލާ ފާސްކޮށް ފައިބުޑަށް ވެއްޓިތިބީ. އެފޮރިން ޕޮލިސީ ވަނީ ވަކިނަޔަކު. ރާއްޖެ ރައްޔިތުން ބޭނުންވީ އެއްޗެއްނޫން. ރޮޒޭވެސް އެދޭގޮތެއްނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: