ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެރީއިން މީހުން އުފުލުމުގެ ވިސްނުން ރައީސް ސޯލިހު ދޫކޮށްލަން ޖެހޭ: ސައީދު

މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުން ރާއްޖެ އަށް ފެރީ އިން މީހުން އުފުލުމުގެ ވިސްނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްލަންޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް މި މަހު ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.

އެގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް A380 ގެ މަތިންދާ ބޯޓެއް ފުރަތަމަ ޖެއްސީ ދިވެހި ޕައިލެޓާއެކު މީގެ ދެ އަހަރު ކުރިން މި ދުވަހު ކަމަށެވެ.

“ބޭރުން ރާއްޖެ އަށް އަސްގާނޑިޔަލާއި ފެރީން މީހުން އުފުލުމުގެ ވިސްނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްލަންޖެހޭ. ވެރީން އަބަދުވެސް ބަލަންޖެހޭނީ ކުރިއަށް. ޝުކުރިއްޔާ ރައީސް ޔާމީން.” ސައީދު ވިދާޅުވިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ.

މި ފެރީގެ ޚިދުމަތް ފަށަން ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އިންޑިއާ ކެބިނެޓުން ރުހުން ދީފައިވާ އިރު، މި ޚިދުމަތް ފެށުމާއެކު ދެ ގައުމުގެ ދެމެދު މަހަކު 2-3 ދަތުރު ކުރާނެއެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދާދިފަހުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: