ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝުއައިބުގެ ހޫނު ރައްދެއް ނަޝީދަށް: ތިޔައީ މައުމޫނަށްވުރެ ބޮޑު އަނިޔާވެރިއެއް!

ޝުައިބު އަދި ރައީސް ނަޝިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރުގެ މަގާމުން ސަސްޕެންޑުކޮށްފައިވާ ޝުއައިބު ޢަލީ (ފުރަހަނި ޝުއައިބު)ގެ ހޫނު ބަސްތަކެއް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބަންޑުކޮށްލައިފިއެވެ.

އީވާން ނަސީމު ޖަލުގައި މަރާލިތާ 16 އަހަރު ފުރުމާއި ގުޅިގެން ރައީސް ނަޝިދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދަކީ ރައީސް މައުމޫނުގެ އަނިޔާވެރިކަން ނިންމަން ދިވެހިން ނިކުތް ދުވަސްކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެއްވަމުން ޝުއައިބު ވިދާޅުވީ، ރައީސް ނަޝިދުގެ އަނިޔާވެރިކަން ރައީސް މައުމޫނުގެ އަނިޔާވެރިކަމަށްވުރެ މިއަދު ބޮޑުވެފައިކަމަށެވެ. އަދި ރައީސް ނަޝީދާއި ދެކޮޅަށް ބަސްބުނާ އެންމެނަށް ދަތިކުރަމުންދާކަމަށްވެސް ޝުއައިބު ވަނީ ތުހުމަތުކުރައްވާފައެވެ.

“މަނިކުފާނަކީ ކަލާންގެކަމަށް ގަބޫލުނުކުރާ މީހަކަށް، މަނިކުފާނުގެ ބާރުފޯރުވާ ހުރިހާ މުއައްސަސާއަކުން ފުރައްސާރަކޮށް، އަނިޔާކުރަމުން ތިޔަ ގެންދަވަނީ” ޝުއައިބު

އަނިޔާވެރިކަމުގެ ވާހަކަ ދައްކަން ރައީސް ނަޝީދުގެ ލަދު ކޮބާތޯ ބުނެ ޝުއައިބު ވަނީ ސުވާލު އުފައްދާފައެވެ.

ޝުއައިބު އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ސަސްޕެންޑުކޮށްފައިވަނީ، އެ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކަމަށް މީގެ ކުރިން އެމްޑީޕީން ވަނީ މައުލޫމާތުދެއްވާފައެވެ.

ޝުއައިބު ސަސްޕެންޑްކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާ ގޮތުން އެ މަނިކުފާނާ މެދު ފިޔަވަޅު އަޅައިދޭން އެދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ޝުއައިބު ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ. ޝުއައިބު ސިޓީ ފޮނުއްވީ ފައްޔާޒް މަގާމުގެ އެކަހެރިވެ ވަޑައިގަތުމަށް އެދިވަޑައިގެން ހަސަން ލަތީފަށް ނަޝީދު ސިޓީއެއް ފޮނުއްވުމުންނެވެ.

ނަމަވެސް ޝުއައިބު ވިދާޅުވީ އޭނާ ސަސްޕެންޑު ކުރީ ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ކާޓޫނެއް ކުރަހައިގެންކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 16%ވަރަށް ގަޔާވޭ 37%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 4%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަރަށްބޮޑުތެދެއް ނަޝީދުނުރެހޭ ހިތަށް ބަސްބުނާ ކޮންމެމީހެއްގެ ދުވަސް ދުއްވާާލާނެ، ކޮބާ mdpގެ ރައީސްކަމަށް އަންނަ ކޮންމެމީހެއްގެ ދުވަސް ދުއްވާލިގޮތް އެކަމުގެ ހެއްކަކަށްފުދޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: