ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ހުސައިންގެ ނުސީދާ ރައްދެއް އެމްޑީޕީއަށް: ލިބުނު ފުރުސަތުގައި އިންސާފު ގާއިމްކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދެއްކުމަކީ މާނައެއް އޮތްކަމެއް ނޫން!

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާފު ގާއިމް ކުރުމަށް ލިބުނު ފުރުސަތުގައި އިންސާފު ގާއިމްކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދައްކާލަ ދައްކާލަ ތިބުމަކީ މާނައެއް އޮތްކަމެއް ނޫން ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެމްބަރު އެމްޑީޕީއަށް ރައްދު ދެއްވައިފިއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

އެމްޑީޕީން ބުނީ ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް އަދިވެސް ހޯދިފައި ނުވާ ކަމަށާއި އެ ކަންކަން ސާފުވާންޖެހޭ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފު ހޯދައިދޭން ފުރުސަތު އެތަކެއްފަަހަރު ލިބުނީމާވެސް އިންސާފާއި ޢަދާލަތު ޤާއިމްކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދައްކާލަ ދައްކާލަ ތިބުމަކީ އެއްވެސް މާނައެއް އޮތްކަމެއް ނޫން ކަމަށެވެ.

އީވާން ނަސީމް މަރާލި ދުވަހަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އަނިޔާވެރިކަން ފާހަގަވި ދުވަހެއް ކަމަށް އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ސިފައިން ތަޅައި އަނިޔާކޮށްގެންނެވެ. ޖަލުގައި ބަޑިޖެހި ހާދިސާ އައީ ޖެހިގެން އައި ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ. އެ ދެ ހާދިސާ އަކީ ވެސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ ފެށި އިސްލާހުގެ ހަރަކާތުގެ ފެށުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: