ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް އެކަށީގެންވާ އުޖޫރައާއި އިނާޔަތައް ލެބް ޓެކްނީޝަނުން ދޭން ފަށަންޖެހޭ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް އެކަށީގެންވާ އުޖޫރައާއި އިނާޔަތައް ލެބް ޓެކްނީޝަނުން ދޭން ފަށަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވީ ވަޒީފާގެ އޮނިގަނޑުން މަހުރޫމުވެފައިވާތީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިން ހިމޭންކަމާއެކު “ބްލެކް ރިބަން”ގެ ނަމުގައި މިއަދު އިހުތިޖާޖެއް ބާއްވައިފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ބޮންޑޭ ވިދާޅުވީ ކޮވިޑް19އާ ގުޅިގެން ރެއާއި ދުވާލު އެންމެ ބުރަ މަސައްކަތް ކުރަމުންދާ ޑިޕޮލޮމާ ޑިގްރީ ފެންވަރުގެ ލެބް ޓެކްނީޝަނުންގެ މުސާރައަކީ އެންމެ 5610 ރުފިޔާ ކަމަށެވެ.

“ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް އެކަށީގެންވާ އުޖޫރައާއި އިތުރު އިނާޔަތައް މީހާރުން މިހާރަށް މިފަރާތްތަކަށް ދޭން ފަށަންޖެހޭ.” ބޮންޑޭ ވިދާޅުވިއެވެ.

މިއަދުގެ އިހުތިޖާޖާ ގުޅިގެން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ބުނެފައިވަނީ މި އިހުތިޖާޖަކީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރިންގެ އެންމެ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ވަޒީފާގެ ކުރިއެރުން ކަށަވަރުކޮށްދޭނެ ވަޒީފާގެ އޮނިގަނޑެއް ނެތުމުން ފަށާފައިވާ އިހުތިޖާޖެއް ކަމުގައެވެ.

މި އިހުތިޖާޖުގައި ބައިވެރިވި ގިނަ ޢަދަދެއްގެ ޞިއްޙީ މަސައްކަތްތެރިން ވަނީ މީސްމީޑިޔާގައި އެމީހުންގެ އިހުސާސްތަކާއި ޝުޢޫރުތައް ހިއްސާކޮށްފައެވެ. އެމީހުން ފާހަގަކުރި ގޮތުގައި އޮނިގަނޑެއްގެ މައްޗަށް ބިނާވެފައިވާ ކެރިއާއެއް ލިބުމަކީ ކޮންމެ މީހެއްގެ އަސާސީ ޙައްޤެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: