ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދު އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވެއްޖެ: އިދިކޮޅު

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދޮރިން މިނިސްޓރ އަބްދުﷲ ސާހިދު އެޗްޕީއޭގެ މިންގަނޑު ތަކާއި ހިލާފު ވެފައިވާކަމަށް އިދިކޮޅު ކޯލިސަނުން ބުނެއްޖެއެވެ.

މިއަދު އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު އެނބުރި ރާއްޖެ ވަޑައިގެންފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ދުބާއީ އިން އެމިރޭޓް އެއާލައިނުގެ ފްލައިޓެއްގައި ކަމަށާއި, އަދި އެއާއި ޖެހިގެން އައި ދުވަހު އިންޑިއާ އަށް ޓެރެޜަރީ ބޮންޑެއް ވިއްކައިގެން ބޮޑު ލޯނެއް ނެގުމާއި ގުޅޭ ރަސްމިއްޔާތަށް ޝާހިދު ވަޑައިގެންފައި ވަނީ އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފަށް ކަމަށެވެ.

އިދިކޮޅުން ނެރުނު ނޫސްބަޔާނުގައި ވަނީ، އެޗްޕީއޭގެ ގަވައިދުތަކަށް އަމަލުކުރުމަށް ރައްޔިތުންނަށް އޮންނަނީ ވަކި ގޮތެއް އަދި ސަރުކާރަށް އޮންނަނީ ވަކި ގޮތެއް ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މިނިސްޓަރަކަސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިޔަކަސް ސިއްހަތާއި ގުޅުންހުރި މިފަދަ މުހިންމު ކަންކަމުގައި އަމަލު ކުރެވެމުން ދާން ވާނީ އާންމު ރައްޔިތުންނާއި އެއް ގޮތަށް ކަމައްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: