ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

26 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ފަރަށް އަރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

26 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ” ކައްޅި” ނަމަކަށް ކިޔާ ލޯންޗެއް ފަރަށް އަރައިފިއެވެެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯންޗަކީ އެމްޓީސީސީގެ ލޯންޗެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި މި ލޯންޗު ް އަރާފައިވަނީ  ކ.ކޮށްދިއްޕަރު ކައިރީ އޮތް ފަރަކަށެެވެ. މި ލޯންޗް ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 18:48 ހާއިރު ކަަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، މިހާރު ދޯނީގައި ތިބި މީހުން ތިބީ އެތާ ކައިރީ އޮތް ތުނޑިއަކަށް އަރައެވެ.

މި ލޯންޗް ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ދަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: