ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓް މުވައްޒަފުންނަށް “ނައިޓަށް” ދެވޭ އިސްލާހު ތަސްދީގުކޮށްފި

ރިސޯޓު މުވައްޒަފުންގެ ހައްގުތަކެއް ވަނީ ގެއްލިފައި، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން - ފޮޓޯ: ޓްރިޕް އެޑްވައިސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޑިއުޓީ ގަޑި ނިމުމުން ރޭގަނޑު ރަށަށް ދެވޭ ގޮތް ހަދަން ފާސްކޮށް ވަޒީފާއާ ބެހޭ ގާނޫނު ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި އިސްލާހު އެ ގާނޫނަށް ގެންނަން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ. އެ އިސްލާހު ފާސްވީ 61 މެމްބަރުންގެ ވޯޓާއެކުއެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ.

އަދި ރިސޯޓް ދޫކޮށް ދިއުމަށް ރިސޯޓްގެ އުޅަނދުފަހަރު ނޫން އުޅަނދުތައް ވެސް ބޭނުންކުރުމުގެ ލިބޭނެ ކަމަށާއި އަދި ވަޒީފާ އަށް އެނބުރި އަންނަން ބޭނުންކުރާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނާ ނުކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހިންނާމެދު ގިނަ ރިސޯޓުތަކުގައި މިހާރު ކަންތައް ކުރާ ގޮތަކީ މުވައްޒަފުން ދުވަހުގެ މަސައްކަތް ނިމުނަސް މުވައްޒަފުގެ އަމިއްލަ ރަށް ކިތަންމެ ކައިރީގައި އޮތަސް ރިސޯޓުން ހުއްދަ ނުދޭނަމަ ރިސޯޓުގައި މަޑުކުރަންޖެހޭނެއެވެ.

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޑިއުޓީ ނިންމުމަށްފަހު ރަށަށް ދެވޭ ގޮތް ހެދުމަކީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީން ވި ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 86%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: