ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މީހުންނާއި އެކު ދަތުރުކުރި ލޯންޗެއް އިންޖީނު ހުއްޓިގެން ފަރަށް އަރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތިން މީހުންނާއި އެކު ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނި މިރޭ 07:25 ގައި ކަމަށާއި ފަރަށް އަރާފައި ވަނީ އދ. ހަނިފަރުން ފުރައިގެން ކ. ތިލަފުއްޓަށް ދަތުރުކުރި “ސޮނޭވާ-17” ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ.

އެ ލޯންޗް ފަރަށް އަރާފައިވަނީ ވިލެއްސަރު ރިސޯޓްގެ ފަރަށް ކަމަށާއި، އެހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށް މައުލޫމާތު ދީފައިވެ އެވެ. އަދި އެ ލޯންޗް ފަރަށް އަރާފައިވަނީ ތެޔޮ ހުސްވެ އިންޖީން ހުއްޓިގެން ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މިރޭ 26 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ވެސް ވަނީ ފަރަކަށް އަރައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: