ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުނަވީ ގޮަތަކަށް މާނަކުރާނަމަ، ރާއްޖޭގައި މިނިވަންކަމެއް ނެތް: މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

މައުނަވީ ގޮތަކަށް މާނަކުރާނަމަ، ރާއްޖޭގައި މިނިވަންކަމެއް ނެތްކަމަށް ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ސްޓިއަރިން ކޮމިޓީއަށް މެމްބަރުން އައްޔަންކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިނިވަންކަމެއްވެސް އަދި އިގްތިސާދެއް ނެތްކަމަށެވެ. ގައުމުގެ ކަންކަމަށް އެހެން ގައުމަކުން އަތް ބާނަންފަށާ ހިސާބުން، މިނިވަންކަން ގެއްލުނީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މިފަދަ ކަންކަމަށް އަޅައިނުލައި ތިބެއްޖެނަމަ ފަހުން މިކަމުގެ ގެއްލުންވާނެ ކަމަށެވެ. އަދި މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރަނީ ހަމައެކަނި ރައީސް ޔާމީންގެ ފިކުރުގައި މަސައްކަތްކުރާ މީހުން އެކަނިކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިކަމުގައި އަތް އުރާލައިގެން ނުތިބެވޭނެ. މިއީ ގައުމީ މަސައްކަތެއް

އަންނަ މަހުގެ 16 ވަނަ ދުވަހު ސްޓީރިއަން ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، އެދުވަހަށް ފަހު އިދިކޮޅު ކޯލިޝަންގެ މަސައްކަތްތައް ވަރަށް ބޮޑަށް ކުރިއަށް ޖެހިލާނެކަމަށް ވިދާޅުވިއެވެ. އަދި މިކަންކަމުގައި އިސްކޮށް މަސައްކަތްކުރަމުންދާނީ ޕާޓީގެ އާންމު މެމްބަރުންކަމުގައި ވިދާޅުވިއެވެ.

ސްޓިއަރިން ކޮމިޓީއަށް ކުރިމަތިލުމުގެ ފަހު ދުވަހަކީ މިމަހުގެ 30 ވަނަ ދުވަހެވެ. ސްޓިއަރިންގ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ކޮންމެ ރަށެއްގެ ވަގުތީ އިންތިޚާބީ ކޮމިޓީންނާއި، ޕީޕީއެމްގެ ވެބްސައިޓް www.ppm.mv އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހުން ލިބެން ހުންނާނެކަމަށް އެޕާޓީން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: