ކޮވިޑް19 ގެ ސަބަބުން ކެފޭ ރެސްޓޯރަންޓުތަކުގެ ވިޔަފާރި ދަށްވެ ބައެއް ތަންތަން ބަންދު ކުރަންޖެހޭ ހާލަތަށް މިހާރު ގޮސްފައިވާތީ އެތަންތަން ބަންދު ކުރުމަށްފަހު ރައީސް އޮފީހާ އެތަންތަނުގެ ތަޅުދަނޑި ފަތި ހަވާލު ކުރުމަށް ކެފޭ ރެސްޓޯރަންޓުތަކުގެ ވެރިން ތައްޔާރުވާން ފަށައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ކޮވިޑާއި ދެކޮޅަށް އަޅާ އިތުރު ފިޔަވަޅުތަކުގެ ގޮތުގައި ކޮންމެ ރެއަކު 8:00 އިން ފަތިހު 5:00 އަށް މާލޭގެ މަގުތައް މަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފަ އެވެ.
ކެފޭތަކަށް އެންމެ ބޮޑަށް އާމްދަނީ ލިބެމުން އަންނަނީ އެ ވަގުތުގައި ކަމަށް ވެފައި، އެ ފިޔަވަޅުތަކުގެ ސަބަބުން ކެފޭ ރެސްޓޯރަންޓުތަކުގެ ވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ކެފޭ، ހޮޓާ، ރެސްޓޯރަންޓްތަކުގެ ޔޫނިއަން، މޯލްޑިވްސް އީޓަރީ ޔޫނިއަން (އެމްއީޔޫ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޔޫނިއަން އިން ވަނީ ކެފޭތަކާ މެދު އިހުމާލުވަމުން ގެންދާތީ ނުރުހުން ފާޅުކޮށްފައެވެ.
ކެފޭ ރެސްޓޯރަންޓުގެ ވެރިން ދެކޭ ގޮތުގައި އެތަންތަނަކީ “ގުރުބާން ކުރަން ގެންގުޅޭ ކަންބަޅި” އެއް ކަމަށެވެ.
މިފަދަ ތަންތަނަށް އެންމެ ބޮޑަށް ވިޔަފާރި ވަމުން އަންނަނީ ރޭގަނޑުކަން ފާހަގަކޮށް އެމްއީޔޫ އިން ބުނީ އެކަމުގައި ކެފޭ ރެސްޓޯރަންޓުތަކުގެ ވެރިންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ބައްދަލުކޮށް މަޝްވަރާ ކުރަމުން އަންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
އެ ވިޔަފާރި މިހާރު އޮތީ ތަންތަން ބަންދުކޮށް އެ ތަންތަނުގެ ތަޅުދަނޑި އާއި މުވައްޒަފުން ރައީސް އޮފީހާއި ހަވާލު ކުރަންޖެހޭ ފަދަ ހާލަތެއްގައި ކަމަށާ އެކަން ކުރުމަށް ތަައްޔާރުވަމުންދާ ކަމަށެވެ.
4 Responses
ރައީސް އޮފީހާ ތަޅުދަނޑި ހަވާލުކުރީމަ ވިޔަފާރިވާނެ ! މީހަަމައެކަނި ރާއްޖެ އަައްދިމާވެގެން އުޅޭމައްސަލައެއް ނޫން.
މިވަގުތު ތިދައްކަނީ ހާލަތާނުބައްދަލު ޖެއްސުންކުރުމުގެ ވާހަކަމަށް
ޤަބޫލު ކުރެވޭތީވެ ދައްނަވާލަން ޚަރަދުކުޑަވާނެ މާބޮޑައްވެސް
ހިންހަމަޖެހޭނެ ގޭގަކައްކާގެން ފެމެލީއާއެކު ކާލުން ތަޅުދަޑިވެސްގޭގަ
ބަހައްޓާ ބަސްގަބޫލުކުރޭ ގޮތްދޫކުރޭ ޖެއްސުންނުކުރޭ މިވެސް
ލިބެމުންދާ ފިލާވަޅެއް ކުރެވެމުންދާއިންތިހާނެއް ނަތީޖާފެއްނަންދެން
ހިއްވަރުކުރޭ. ޝުކުރިއްޔާ
މިހާރު ގޮތް ހުސްވެގެން ދެތަންވެސް ބަންދުކޮއް ކުލި ނުދެއްކިގެން ދޫވެސް ކޮއްލައިފިން..
ރައިސްއަށް ވިޔަފާރި ރަނގަޅު ކޮށްދެވޭނަމަ އެކަން އޭނަކުރާނެ. މީ ދުނިޔެއަށް ކުރިމަތިވި ބޮޑު ކްރައިސިސްއެއްކަން ނޭގެނީތަ. ތަޅުދަނޑި ކީއްކުރަން ހުރިހާ ކޭފޭގެ ބިންތަށް ރައީސްއަށް ދިންނަމަވެސް އޭނާއަށް ކުރޭވޭނެ ކަމެއްމިކަމުގައި އޮންނާނެތަ.