ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޮޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރަން މާލިއްޔަތު ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން: އަމީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޮޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރަން މާލިއްޔަތު ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް މި އަންނަނީ ގެންނަމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާއަށް ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް ކުރިން އޮތް މާއްދާ މިހާރު ވާނީ ބަދަލު ކޮށް ގެޒެޓު ކުރެވިފައި ކަމަށެވެ.

“އަދި ފިނެންސް މިނިސްޓްރީން އިސްނަގައިގެން އެޓާނީ ޖެނެރަލް، އޮޑިޓަ ޖެނެރަލް އަދި އޭސީސީ ވެސް ހިމެނޭ ގޮތަށް ކޮމިޓީއެއް ހެދި، އެ ކޮމިޓީގައި އެންޑޯސްމެންޓްއާ އެއްކޮށް މިހާރު މި ގޮތަށް ބަދަލުކޮށް ގެޒެޓު ކުރަން ވަނީ ފޮނުވިފައި،” މިނިސްޓަރު ވިދާޅުވިއެވެ.

މާލިއްޔަތު ގަވައިދަށް އިސްލާހު ގެނައުމަށް މިނިސްޓަރު އަމީރު، އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތުގެ އިތުރުން އޭސީސީގެ ނާއިބު ރައީސް ފާތިމަތު އަނޫލާ އާއި ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މި މަޝްވަރާތަކުގެ ތެރެއިން ހުރިހާ އިދާރާއެއް ހިމެނޭ ގޮތަށް ކޮމެޓީއެއް އެކުލަވާލާ އެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި މިފަހަރު މާލިއްޔަތު ގަވައިދު މުރާޖައާ ކުރެވޭއިރު އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި ފާހަގަވާ ކަންތައްތަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުތަކުގައި ފާހަގަ ކުރެވޭ ނުކުތާތަކުގެ އިތުރުން ދައުލަތް ހިންގުމުގައި އެންމެ ފައިދާ ބޮޑުވާނެ ކަމަށް އެޓާނީ ޖެނެރަލްއަށް ފާހަގަ ކުރެވޭ ކަންތައްތަކަށް ވަރަށް ބޮޑަށް ރިއާޔަތް ކުރެވިގެންދާނެ ކަމަށެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް ދާދިފަހުންވަނީ ތިން ވަނަ އިސްލާހެއް ގެނެސް ޖުލައި ހަތަރު ވަނަ ދުވަހު ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ. އެފަހަރު ގެނެވުނު އިސްލާހުތަކުގައި މާލިއްޔަތު ގަވައިދަށް އަމަލު ކުރާ ދައުލަތުގެ އިދާރާތަކަށް ފާހަގަ ކުރެވިފައިވާ ކަންތައްތަކާއި 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ބޭއްވި “ބީލަންވެރިންގެ މަހާސިންތާ” ގައި ބީލަންވެރިން ފާހަގަ ކުރި މުހިއްމު ގިނަ ކަންތައްތަކެއް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: