ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޕިން ކުންފުންޏެއް ގާއިމް ކުރުމުން ރާއްޖޭގެ މެރިޓައިމް ދާއިރާ ވަރުގަދަވެގެން ދާނެ: މިނިސްޓަރު ނަހުލާ

ފައިލް ފޮޓޯ: ޓްރަންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިވަގުތު އިންނެވީ ރާއްޖެއިން ބޭރުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ޝިޕިން ކުންފުންޏެއް ގާއިމް ކުރުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާގެ އިންސާނީ ވަސީލަތް ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދުނިޔޭގެ މެރިޓައިމް ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ނަހުލާ ދެއްވި ހިތާބުގައި ވަނީ އަދުގެ ސަރުކާރުގެ ސިޔާސަތަކީ މެރިޓައިމް ދާއިރާގައި މީހުން ބިނާކުރުންކަމަށާއި މިހާރު މަސައްކަތްކުރާ ސީމަނުންނަށް އިތުރު ތަމްރީނު ދިނުން ކަމަށެވެ. އަދި އިންޓަނޭޝަނަލް މެރިޓައިމް ލޭބާ ކޮންވެންޝަން ނުވަތަ މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާ ވަރަށް އަވަހަށް ތަސްދީގު ކުރައްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގްރީންހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު މަދުކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

އަދި މިނިސްޓަރު ނަހުލާ ވިދާޅުވީ މެރިޓައިމް ދާއިރާގައި ބޭނުންކުރާ ތެލުގައި ހިމެނޭ ސަލްފާ ކޮންޓެންޓް މަދުކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ބެލެސްޓް ވޯޓާ މެނޭޖްމަންޓް މުއާހަދާ ތަންފީޒުކުރުމަށާއި، ކުނި އުކާލައި މެނޭޖުކުރެވޭނެ ފެސިލިޓީތަކުގެ ބޭނުން ހިފުމަށާއި، މެރިޓައިމް ދާއިރާގައި އިލެކްޓްރޯނިކް ޒަރިއްޔާއިން މައުލޫމާތު ބަދަލުކުރުމާއި، އަންހެނުންގެ ބައިވެރިވުމާއި ދާއިރާގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް، މެރިޓައިމް ދާއިރާގެ ގުޅުންތައް ހަރުދަނާކުރުމަށްވެސް މިނިސްޓަރ ނަހުލާ ވަނީ ގޮވާލައްވާފައެވެ.

މިނިސްޓަރ ނަހުލާ ވަނީ މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އެކި ގައުމުތަކުން އަޅާފައިވާ ދަތުރުފަތުރުގެ ރެސްޓްރިކްޝަންސްތަކާއި ބޯޓުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަމިއްލަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ހުރުމުން އެމީހުންނަށް ގައުމުތަކަށް ފޭބުމަށް ވަރަށްބޮޑަށް ހުރަސް އެޅިފައިކަންވާކަން ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން މެރިޓައިމް ދާއިރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެކިއެކި ކަންކަން ނުކުރެވި، އޮމާންކަމާއެކު މި ސިނާއަތް ހިންގުމަށް ހުރަސްއެޅިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޖޯގްރަފީގެ ގޮތުން ރާއްޖެ އޮތް ގޮތުން، ރާއްޖެއަށް މިކަމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެކަމަށާއި ވިދާޅުވެ، ރާއްޖެ ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކުގެ އަޑު މެދުކެނޑުމެއް ނެތި އިއްވައިދިނުމަށް މިނިސްޓަރ ނަހުލާ ވަނީ ގޮވާލައްވާފައެވެ.

މި އަހަރުގެ މެރިޓައިމް ދުވަހުގެ ޝިއާރަކީ “ސަސްޓެއިނަބަލް ޝިޕިންގް ފޯރ އަ ސަސްޓެއިނަބަލް ޕްލެނެޓް” ނުވަތަ “ދެމެހެއްޓެނިވި ދުނިޔެއަކަށް ދެމެހެއްޓެނިވި ޝިޕިންގް އިންޑަސްޓްރީއެއް” މިއެވެ.
ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: