ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ހަދިޔާކުރި 60 ވެންޓިލޭޓަރު 20 އަތޮޅެއްގެ ހޮސްޕިޓަލަށް ފޮނުވާނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި 60 ވެންޓިލޭޓަރު 20 އަތޮޅެއްގެ ހޮސްޕިޓަލަށް ފޮނުވަން ނިންމައިފިއެވެ.

ވާޗުއަލްކޮށް މިއަދު ކުރިއަށް ގެންދެވުނު ރަސްމިއްޔާތެއްގައި އެމެރިކާގެ ފަރާތުން ވެންޓިލޭޓަރުތައް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޒްއެވެ. އަދި ރާއްޖެއިން ވެންޓިލޭޓަރުތަކާއި ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ އުމަރު އަބްދުއް ރައްޒާގުއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ވެންޓިލޭޓަރުތައް ރާއްޖޭގެ 20 އަތޮޅެއްގެ ހޮސްޕިޓަލަށް ފޮނުވާނެ ކަމަށާއި ޔޫއެސްއެއިޑް އިން ފޯރުކޮށްދިން މި އެހީއަކީ ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އިތުރުން ކޮވިޑަށްފަހު ވެސް ބޮޑެތި ބަލިތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކުގެ އައިސީޔޫ އެނދުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ވެސް މުހިއްމު ރޯލެއް ކުޅޭނެ އެހީއެއް ކަމަށެވެ.

އެމެރިކާ އިން މިހާތަނަށް ވަނީ ކޮވިޑާއި ގުޅިގެން ރާއްޖެއަށް ހަތަރު މިލިއަން ޑޮލަރުގެ އެހީތައް ފޯރުކޮށްދީފައެވެ. މީގެތެރޭގައި ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދިން ދެ މިލިއަން ޑޮލަރުގެ އިތުރުން، ޕީޕީއީ އާއި ތަފާތު އެކި އެހީދޭ އެޖެންސީތައް މެދުވެރިކޮށް ރާއްޖެއަށް ދިން އެހީތައް ހިމެނެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: