ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުންމީދުކުރަނީ ޑރ ޝަހީމް ކުށްވެރިން މިނިވަންކުރުމަށް ނުގޮވާނެކަމަށް: ޝިފާއު

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުގައި ތިބި ކުށްވެރިން މިނިވަންކުރައްވަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ގައުމުގެ ތަރައްގީއަށް ޑރ ޝަހީމް އަލީ ސައީދު މަސައްކަތް ކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ގާތްގަނޑަކަށް ދެ އަހަރަށްފަހު ކުރީގެ އިސްލާމިކް މިނިސްޓަރ އަދި 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންގމޭޓަަކަށް ހުންނެވި ޑރ ޝަހީމް އަލީ ސައީދު އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުކަމާއި ހަވާލުވެވަޑައިގެންނެވީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މިއާއެކު އިދިކޮޅު ކޯލިޝަނުގެ ނުވަތަ ރައީސް ޔާމީންގެ އެޑްވައިޒަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ އަދަދު ތިނަކަށް އެރީއެވެ.

ޑރ ޝަހީމްގެ އިތުރަށް، އެޑްވައިޒަރުގެ މަގާމުގައި ތިއްބެވީ ރައީސް ނަޝީދުގެ ވެރިކަމުގައި ނައިބްރައީސްކަން ކުރެއްވި އަދި ފަހުން ރައީސްކަން ކުރެއްވި ޑރ މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބްރައީސްކަން ކުރެއްވި ޑރ މުހައްމަދު ޖަމީލް އަހުމަދެވެ.

 

ޑރ ޝަހީމް ރާއްޖެ ވަޑައިގެން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމުން ޝިފާއު ވަނީ ޑރ ޝަހީމް ޓެގް ކުރައްވައި އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.
ޝިފާއު ވިދާޅުވީ، ކުށްވެރިން މިނިވަންކުރެއްވުމުގެ ބަދަލުގައި ގައުމުގެ ތަރައްގީއަށް މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ގައުމަށް މިވަގުތު ހަރުދަނާ އިދިކޮޅު ލީޑަޝީޕެއް ބޭނުންވާކަމަށާއި ޑރ ޝަހީމާއެކު ގައުމުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް އިދިކޮޅު ކޯލިޝަނުން ކުރަމުންގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު މިހެން ވިދާޅުވެފައިވާއިރު، އެޑްވައިޒަރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޑރ ޝަހީމް ވަނީ ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއްނެތް ދައުވާތަކެއްކަމަށާއި އުންމީދަކީ ލީގަލް ޓީމާއި ގުޅިވަޑައިގެން ރައީސް ޔާމީނުގެ ދިފާއުގައި މަސައްކަތްކުރެއްވުން ކަމަށް ވިދާޅުވެފައެވެ. އަދި އަދުލުވެރި ޝަރީއަތެއް ކުރެވިއްޖަނަމަ ރައީސް ޔާމީން މިނިވަންވާނެ ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: