ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާއިން އައި ފުރަތަމަ ކާގޯ ފެރީ މިހާރު އޮޮތީ ކުޅުދުއްފުށީގައި!

ކޮޗިން ކާގީ ފެރީގެ ފުރަތަމަ ބުރުގައި މިހާރު ފެރީ ވަނީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާއިން އައި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުށި ސިޓީއަށް ބަނދަރުކޮށްފިއެވެ.

ކުޅުދުއްފުށްޓަށް ކާގޯ ފެރީ ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނު 6:00ހާއިރުއެވެ. މިފެރީ އިިންޑިޔާއިން ފުރާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި އިމާރާތްކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނާއި، ދަނޑުވެރިކަމަށް ބޭނުންވާ ބައެއް ސާމާނު ވަނީ ގެނެސްފައެވެ. މައުލޫމާތު ލިބޭގޮތުގައި 500 ޓަނުގެ ސިމެންތިއާއި، އެހެނިހެން ބާވަތްތަކުގެ 2 ކޮންޓެއިނަރު ވަނީ މިދަތުރުގައި ގެނެސްފައެވެ.

“އެމްސީޕީ ލިންޒް” ކާގޯ ފެރީ އޮންނާނީ ކުޅުދުއްފުށީ ބޭރު ކަނޑުގައެވެ. ކުޅުދުއްފުށި ޕޯޓަށް މުދާ ބޭލުމަށް، ކާގޯ ފެރީ ކައިރިއަށް ކުޅުދުއްފުށިއިން ދޯންޏެއް ދިޔުމަށް ވަނީ ހަމަޖައްސާފައެވެ. އަދި މިދޯންޏަށް މުދާ އެރުވުމަށްފަހު، ދޯނިން ކުޅުދުށްފުށީ ޕޯޓަށް މުދާ ހުސްކުރެވޭނެކަމަށް ލަފާކޮށްފައިވަނީ މިއަދު މެންދުރު 1:00 ހާއިރުކަމަށް މައުލޫމާތު ލިބެއެވެ. މިމަސައްކަތް ކުރަމުންދާނީ ކުޅުދުއްފުށީ ޕޯޓާއި ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓްގެ ގޮތުގައި ހަރަކާތްތެރިޥާ ސްޓޭޓް ޝިޕިން ކުންފުންޏެވެ.

ކުޅުދުށްފުއްޓަށް މުދާ ބޭލުަމަށްފަހު މިފެރީ މާލެއަށްވެސް އަންނާނެއެވެ. އަދި މާލޭގެ ޕޯޓަށް މުދާ ބޭލުމަށްވެސް ވަނީ ހަމަޖައްސާފައެވެ. އިންޑިއާއާއި ރާއްޖެއާއި ދެމެދު ދަތުރުކުރާ ކޮންމެ  ބުރަކަށް 10 ވަރަކަށް ދުވަސް ވާނެއެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާނެކަމަށްބުނެ އިދިކޮޅު ކޯލިޝަނުން ސަރުކާރަށް އަންނަނީ ވަރަށް ބޮޑަށް ފާާޑުކިޔަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާނެ ކަމަށް އިދިކޮޅު ލީޑަރުން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރަށް، މިކާގޯ ފެރީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ބައެއް ވިޔަފާރިވެރިންވެސް ވަނީ ވިދާލުވެފައެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވަނީ އިންޑިޔާއިން ރާއްޖެއަށް ގެންނާނީ ދިވެހިން ގެންނަ މުދާ އެކަނި ކަމަށް ވިދާޅުވެފައެވެ. އަދި  އިތުރު އެއްވެސް މުދަލެއް އެ ފެރީން ނުގެންނާނެ ކަމަށާއި މިހާރު އިންޑިޔާއާއި ރާއްޖެއާ ދެމެދުގައި ދަތުރުކުރާ ކާގޯ ބޯޓުތަކާ މި ފެރީގެ ހަމައެކަނި ތަފާތަކީ މި ފެރީއަކީ ވަކި ޝެޑިއުލަކާ އެއްގޮތަށް ދަތުރުކުރުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: