ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާގޯ ބޯޓުން ގެނައީ ސިމެންތި އާއި ހަލާކުވެފައިވާ ކާރުތަކެއް: މުއިއްޒު

ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ކުޅުދުއްފުއްޓަށް މިއަދު އިންޑިއާގެ ކޮޗިންއިން އައި ކާގޯ ބޯޓުން ގެނެސްފައިވަނީ ސިމެންތި އާއި ހަލާކުވެފައިވާ ކާރުތަކެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ މި ބޯޓުގައި ގެންނާނެ މުދާ ބުކް ކުރުމަށް ކުޅުދުއްފުށީ ވިޔަފާވެރިންގެ ކިބައިން ސަރުކާރުން އާދޭސް ކުރި ކަމަށާއި އެކަމަކު އެކަމަށް އެއްވެސް ވިޔަފާރިވެރިއަކު އެއްބަސްވެފައި ނުވާ ކަމަށެވެ.

މުއިޒް ވިދާޅުވީ، 500 ޓަނުގެ މުދާ ގެނައި ވާހަކަ ދައްކާއިރު، އޭގައި ހުރީ ރެމްކޯ ބްރޭންޑުގެ ސިމެންތިކޮޅަކާއި ހަލާކުވެފައި އޮތް ހަޔެއްކަ ކާރު ކަމަށެވެ. މުއިޒް ވިދާޅުވީ އެ މައުލޫމާތު ލިބުނީ އެ ރަށުގެ ރރައްޔިތުންގެ ފަރާތުން ކަމަށެވެ.

ރެމްކޯ ބްރޭންޑުގެ ސިމެންތި އަކީ ކުޅުދުއްފުށީ ރައްޔިތުން ބޭނުން ކުރާ ބްރޭންޑެއް ވެސް ނޫން ކަމަށާއި އެ ބޯޓުން ގެނައި ކާރުތަކަކީ މާލޭގައި ވޯކްޝޮޕެއް ހިންގާ ފަރާތެއްގެ ކާރުތަކެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މި ތަކެތިން ކުޅުދުއްފުއްޓަށް ނުވަތަ އުތުރަށް އަންނާނެ ތަރައްގީއާ މެދު މުއިއްޒު ވަނީ ސުވާލު އުފައްދާފައެވެ.

މި ކާގޯ ބޯޓުން 500 ޓަނަށް ވުރެ ގިނަ މުދާ ގެނެސްފައިވާއިރު ކުޅުދުއްފުއްޓަށް އެ ތަކެތި ބޭލުމުގެ މަސައްކަތް ކުރަނީ އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދެއް ބޯޓު ކައިރިއަށް ގޮސްގެންނެވެ. މި ބޯޓު މި މަހުގެ 28 ވަނަ ދުވަހު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: