ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާގޯ ފެރީއާއެކު ރާއްޖެއާއި އިންޑިއާގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ފެށުނު ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެއާއި އިންޑިއާގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިމަހު 22 ވަނަ ދުވަހު މުދާ ބަރު ކޮށްގެން ކޮޗިން އިން ފުރި ފެރީ، ކުޅުދުއްފުއްޓަށް ބަނދަރު ކޮށްފައިވަނީ، މިއަދު ހެނދުނު 6:30 އެހާކަންހާއިރު އެވެ. އެ ބޯޓުން 500 ޓަނަށް ވުރެ ގިނަ މުދާ ގެނެސްފައިވާއިރު ކުޅުދުއްފުއްޓަށް އެ ތަކެތި ބާލާނީ އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދެއް ބޯޓު ކައިރިއަށް ގޮސްގެންނެވެ.

މި ތާރީހީ ދުވަހާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ހިދުމަތް ފެށި އޭގެ އެންމެ ފުރަތަމަ ދަތުރުގައި މިއަދު ކުޅުދުއްފުއްޓަށް ބަނދަރު ކޮށްފައިވާތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

“މި ފެރީގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ. އަދި ރާއްޖެއަށް ފެރީގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ކުރާނެ.” ރައީސް ވިދާޅުވިއެވެ.

މި ކާގޯ ފެރީ ކުޅުދުއްފުއްޓަށް ފަހު މާލެ އަންނަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.

މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

މި ހިދުމަތުގެ ސަބަބުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. އަދި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ދެ ގައުމުގެ ސަރުކާރުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: