ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް 19: 31 މީހުން ޕޮޒްޓިވްވެ، 81 މީހުން ބަލިން ފަސޭހަ ވެއްޖެ!

ކޮވިޑް19 އަށް ޓެސްޓްކުރުމުގެތެރެއިން... ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒްޓިވް ވެފައިވަނީ 31 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިއަދު ބަލިން ރަނގަޅުވެފައި ވަނީ 81 މީހުންނަށެވެ.

މިފަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ފޮޒިޓިވްވާ މީހުން މަދުކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ބަލިން ރަނގަޅުވާ މީހުން ގިނަވަމުން އަންނަކަން ވެސް ފާހަގަ ކުރެވެއެވެ.

ހެޗްޕީއޭއިން އާންމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފޕޒޮޓިވް ވެފައިވަނީ 25 ދިވެހިންނާއި 6 ބިދޭސީންނެވެ. އެއީ މާލެއިން 26 މީހުންނާއި އަތޮޅުތެރެއިން 5 މީހުންނެވެ.

އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 31 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 10،045 މީހުން ޕޮޒިޓިވް ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ރަނގަޅު ވެފައިވަނީ ޖުމްލަ 8،754 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 34 މީހުންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 771 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 84 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: