ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ފައިދާ ލިބިން އޮތީ، ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށް ވެގެން: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނީ، ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށް ވެގެންކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މި ކުރިމަތިވި ހީނަރުކަމާއިއެކު، މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ، ޖުލައި މަހުގެ 15 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް ބޯޑަރުތައް ހުޅުވާލެވިގެން ދިޔަ ކަމަށެވެ. އަދި ރާއްޖެ ގުނާލެވެނީ ބޯޑަރުތައް ހުޅުވާލި މަދު ގައުމުތަކުގެ ތެރޭގައި ކަމަށް މައުސޫމް ވިދާޅުވިއެވެ. މިއީ ހިއްވަރުގަދަ، އަދި މުހިންމު ނިންމެވުމެއްގެ ގޮތުގައި މައުސޫމް ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ނިންމެވި އެ ނިންމެވުމަކީ ރާއްޖޭގެ އެތެރެގެ އިގްތިސޯދަށް ހީނަރުކަމެއް އައުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ އެއްބާރުލުމާއި އެކު ބޯޑަރުތައް ހުޅުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމަކީ ރާއްޖޭގެ މައި އިންޑަސްޓްރީ ކުރިޔަށް ގެންދިއުމަށް ނިންމުނު ހަރުދަނާ ނިންމުމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ބޯޑަރުތައް ހުޅުވާލީ ދިވެހި ރައްޔިތުންނާއި، ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަދި ހާއްސަކޮށް ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަކަށް ވިސްނުމަށްފަހު ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ވެސް މި ދަތި އުނދަގޫ ވަގުތުގައި ވެސް ސިނާއަތަށް އެއްވެސް ގޮންޖެހުމެއް ނައިސް ކުރިޔަށް ގެންދިއުން ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން މަޑުމަޑުން ހުޅުވާލަމުން ދާއިރު، ރިސޯޓުތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަ ކުރުމަށް ހުޅުވާލާފައިވާއިރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އަންނަ އަހަރާއި ކުރިމަތިލާނީ އާ އަޒުމްތަކަކާއި އެކު ކަމަށެވެ.

“ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހޯދާފައިވާ ކާމިޔާބީތަކަކީ، މި ސިނާއަތުގައި މަސައްކަތް ކުރައްވާ، މި ސިނާއަތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ބުރަ މަސައްކަތް. ފަތުރުވެރިކަން ކުރިއެރުވުމަށް ދާއިރާގައި މަސައްކަތް ކުރާ ހީވާގި މަސައްކަތްތެރިންނާއި ހިންގުންތެރިން އަދި މި ސިނާއަތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިލާމެހިފައިވާ ފަރާތްތައް ފާހަގަކޮށް ޝުކުރު ދަންނަވަން” މައުސޫމް

މީގެ އިތުރުން މައުސޫމް ވިދާޅުވީ، މި އަހަރުގެ ފަތުރުވެރިކަމުގެ ޝިއާރަކީ “ފަތުރުވެރިކަމާއި، ރަށްފުށުގެ ތަރައްގީ” ކަމަށެވެ. އަދި މި ޝިއާރަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކާއި އެމަނިކުފާނުގެ ސިޔާސަތުތަކާއި ގުޅިފައިވާ ޝިއާރެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނީ، ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށް ވެގެންކަން ފާހަގަކޮށް މިނިސްޓަރ މައުސޫމް ވިދާޅުވީ ރަށްރަކުގެ ކުދި ގެސްޓް ހައުސް ހޮޓާތައް ފައިދާތައް ލިބިވަނި ގޮތަކަށް ހިންގަން ޖެހޭ ކަމަށެވެ. އަދި ރަނގަޅު އާމްދަނީ އެއް ލިބޭނެ ގޮތެއް މަގުފަހިކޮށްދީ، ދާއިރާގައި އަންހެނުން ބާރުވެރިކޮށްގެން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ފަންނުވެރިން އިތުރުކުރެވިގެން ކަން މައުސޫމް ފާހަގަ ކުރެވިއެވެ. އިންޑަސްޓްރީގައި މަސްވެރިންނާއި، ދަނޑުވެރިން އަދި ފަންނާނުންނަށް ހަރަކާތެރިވެވޭނެ ޖާގަތައް ވެސް އިތުރު ކުރުމުގެ މުހިންމުކަމުގެ މައްޗަށް މައުސޫމް ވާހަކަ ދެއްކެވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މި ކުރިމަތިވި ހީނަރުކަމާއިއެކު، މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، “މޯލްޑިވްސް ބޯޑަރ މައިލްސް” ޕްރޮގްރާމް ވަނީ އިފްތިތާހުކޮށްފައެވެ. އީ މުޅި ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް އިފްތިތާޙު ކުރެވޭ އެންމެ ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް، އިތުރަށް ފުޅާކުރުމެވެ.

މޯލްޑިވްސް ބޯޑަރ މައިލްސްއަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެންނެވެ. އަދި މި ޕްރޮގްރާމަށް އަމަލުކުރާނީ 01 ޑިސެމްބަރ 2020 އިން ފެށިގެނެވެ.

މި ޕްރޮގްރާމަކީ ފަތުރުވެރިންނަށް ޙާއްސަ، އަދި މިޕްރޮރާމުގެ ސަބަބުން ލިބޭ ފައިދާތައް ތިން ދަރަޖައަކަށް ބަހާލެވިގެންވާ “ލޯޔަލްޓީ” ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށެވެ. ހާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް، މި ޕްރޮގްރާމުގައި ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: