ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޤީރުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަޤިރުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފަޤިރުންގެ ދަފްތަރު ރިވުއު ކުރުމަށް މިދިޔަ ޖުލައިމަހުގައި ހުޅުވާލި ފުރުޞަތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށައެޅުމުގެ އިތުރު ފުރުޞަތެއް ދީފައި ވާކަމަށެވެ.

ފަޤީރުންގެ ލިސްޓް މުރަޖާ ނުކޮށް މިއަހަރުގެ ފިތުރު ޒަކާތް ބަހާފައިވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ވަނި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ފަޤީރުންގެ ދަފްތަރު އާނުކުރަން ނިންމީ، ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ރާއްޖެ ފުރަބަންދުކުރުމުންކަމަށެވެ. މި ލިސްޓް މުރާޖަޢާކުރުމަކީ އެކަމަށް ވަކިޚާއްޞަ އިންތިޒާމްތައް ހަމަޖެހިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކާއެކު ކުރަންޖެހޭ ކަމަކަށް ވެފައި، ފަޤީރުންގެ ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅާ ފޯމާއެކު ވަރަށް ގިނަ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހޭ މަސައްކަތެއްކަން އިސްލާމިކް މިނިސްޓްރީއިން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: