ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުން ރާއްޖެ އަށް 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ޖަޕާނުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމައި އެކަމާއި ގުޅޭ ލިޔުމުގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ލިޔުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ލިޔުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ޝާހިދު ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޖަޕާން ސަރުކާރުން ފަސް ބިލިއަން ޖަޕަނީސް ޔެން ނުވަތަ 47.5 މިލިއަން ޑޮލަރުގެ ލޯން އެހީއެއްދީފައި ވަނީ 0.01 އިންޓަރެސްޓް ރޭޓުގައިކަމަށެވެ. އަދި މި ލޯނު އަނބުރައި ދެއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތެއްދީފައި ވާކަމަށާއި، ފުރަތަމަ ހަތަރު އަހަރަކީ ގްރޭސް ޕީރިއަޑެއްގެގޮތުގައި ހަމަޖައްސާފައި ވާކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މިއީ ސަރުކާރުން ރައްޔިތުންނަށް މި ޙާލަތުގައި ފޯރުކޮށްދެމުންދާ ޙިދުމަތްތައް މެދުނުކެނޑި ފޯރުވައިދިނުމަށް ލިބުނު އެހީއެއް ކަމަށެވެ. އަދި މިފަދަ އެހީތަކުން ދައްކުވައިދެނީ ދުނިޔޭގެ ޤައުމުތަކާ އެއްވެސް ތަފާތުކުރުމެއް ނެތި މި ސަރުކާރުން ބާއްވަމުންގެންދާ ގުޅުމުގެ ނަތީޖާކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑާއި ދެކޮޅަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް ޖަޕާނުން އަންނަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: