ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އުންމީދަކީ އައްޑޫ އަކީ އެފްރިކާ ބައްރާއި ރާއްޖެ ގުޅުވާލަދޭ އިގުތިސާދީ މަންޒިލަކަށް ވެގެން ދިއުން”

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ކުރާ އުންމީދަކީ އައްޑޫ ސިޓީ އަކީ އެފްރިކާ ބައްރާއި ރާއްޖެ ގުޅުވާލަދޭ އިގުތިސާދީ މަންޒި ލަކަށް ވެގެން ދިއުން ކަމަށް ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދު ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ކުރެވޭ އުންމީދަކީ ތާވަލް ކުރެވިފަވާ ދަތުރުފަތުރުގެ ނިޒާމަކުން އިންޑިޔާގެ ކޮޗިން އާއި އައްޑޫ ސިޓީ ގުޅުވާލެވުން ކަމަށެވެ.

“[އުންމީދަކީ]އައްޑޫ ސިޓީ އަކީ އެފްރިކާ ބައްރާއި ދިވެހި ރާއްޖެ ގުޅުވާލަދޭ އިގުތިސާދީ މަންޒި ލަކަށް ވެގެން ދިޔުން.” އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އަހުމަދު ރަޝީދު މިހެން ވިދާޅުވިއިރު، އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރަން ފަށާފައިވާ ކާގޯ ބޯޓު މިހާރު ވަނީ ކުޅުދުއްފުށި ސިޓީގެ ބަނދަރުގައި އޮތުމަށްފަހު މާލޭގައި ބަނދަރުކޮށްފައެވެ.

ކާގޯ ބޯޓު ރާއްޖެ އައިސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އިންޑިއާގެ ކޮޗިން އިން ފުރައިގެން އައި އެ ބޯޓު ކުޅުދުއްފުއްޓަށް ބަނދަރު ކޮށްފައި ވަނީ 500 ޓަނަށް ވުރެ ގިނަ މުދަލާއިއެކުއެވެ.

މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: