ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ މި ހާލަތުގައިވެސް ދުޅަހެޔޮ އާދަތައް އިސްކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ މި ހާލަތުގައިވެސް ދުޅަހެޔޮ އާދަތައް އިސްކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއް ރައީސް ވިދާޅުވީ، މުޅި ދުނިޔެ މިހާރު ހަނގުރާމަ ކުރަމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އިންސާނުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ، އާއްމު ދިރިއުޅުމަށް ކުރާ ކަންކަން މަޑުޖެހިފައިވާކަމަށާއި ހާސްކަމާއި މާޔޫސްކަން ކޮންމެ ދުވަހަކުހެން ތަޖުރިބާކުރަން ޖެހިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ހިތުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ދުޅަހެޔޮކަމާއި ހަރަކާތްތެރި ދިރިއުޅުމަކަށް ބޭނުންވާނެ ރަނގަޅު އާދަތައް ކުރިއަރުވަންޖެހޭކަމަށެވެ. އަދި ހިތުގެ އެކި ބަލިތަކުން ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ހެލްތް މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވެސް ވަނީ ޚާއްސަ ވީޑިއޯ މެސެޖެއް ދެއްވާފައެވެ.

މިނިސްޓަރިު އަސްލަމް ދެއްވި މެސެޖުގައި ވިދާޅުވީ މިފަދަ ދުވަހެއްގައި ހިތައް އަނިޔާވާ އެންމެހާ ކަންކަމުން ދުރުހެލިވުމަށް އަޒުމް ކަނޑައަޅަންޖެހޭކަމަށެވެ. އަދި ހިތުގެ ވިންދުޖެހުން ދުޅަހެޔޮކޮށް ބެހެއްޓުމަކީ މުހިއްމުކަމެއްކަމަށާއި، އުފާވެރި ހަޔާތެއް ލިބޭނީ ދުޅަހެޔޮ ހިތަކާއެކުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: