ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ގާނޫނުގެ ބޭރުން އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ، ސުވާލު އުފެއްދޭނެ ކަމެއް ވެސް ނޯންނާނެ”

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ--
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި ގަވާއިދުގެ ބޭރުން އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށާއި ސުވާލު އުފެއްދޭނެ ކަމެއް ނުކުރައްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ލާޒިމްކޮށް ހެދި ގަވާއިދު ބޯޑަށް ހުށަނާޅައި އުވާލުމާ ގުޅިގެން 70 ފަރާތަކުން ސޮއިކޮށް ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ނަހުލާ ވިދާޅުވީ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދުގައި މައްސަލަތަކެއް ހުރިކަމަށާއި ގަވާއިދު ހެދުމުގައި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދާފައިނުވާތީ އެކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މަޖިލީހުން ލަފާދީފައވަނީ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދު އެކުލަވާލުމަށް، ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކޮށް އެ ގަވާއިދު އަލުން އިސްލާހުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ގަވާއިދުގައި ގާނޫނީ މައްސަލަތަކެއް ހުރުމުން އެކަން ބޯޑުގެ ސަމާލުކަމަށްގެނެސް ގަވާއިދު އިސްލާހުކޮށް އެކުލަވާލަން ދެތިން ފަހަރެއްގެ މަތިން އެންގި ކަމަށެވެ. އަދި ބޯޑުން ބޭނުންވީ ގަވައިދު އިސްލާހު ކުރުން ތަންފީޒުނުކޮށް މަޑުޖައްސާލާފައި ބޭއްވުމަށް ނަމަވެސް ބަންޑާރަ ނައިބުގެ ލަފަޔަކަށްވީ ގެޒެޓްކޮށްފައިވާ ގަވައިދެއް މަޑުޖައްސާލާފައި ނުބޭއްވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެ ގަވައިދު އޮތް ގޮތުން އިސްލާހު ނުކުރެވޭނެ ކަމަށާއި އޮތް ހައްލަކީ ގަވައިދު އުވާލުން ކަމަށް ވެސް ބަންޑާރަ ނައިބު ލަފާ ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

“ގާނޫނާއި ގަވައިދާއި އިޖުރާއަތުން ބޭރުން އަޅުގަނޑު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ، ސުވާލު އުފެއްދޭނެ ކަމެއް ވެސް ނޯންނާނެ، އަދި ގަވާއިދު އުވާލުމުގެ ހަމައެކަނި ބޭނުމަކީ އެ ގަވާއިދުގައި ހުރި މައްސަލަތަކެއް ހައްލުކޮށް އަލުން އެ ގަވާއިދު އެކުލަވާލުން.” މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ އެ ގަވާއިދު އުވާލަން ނިންމީ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން، ޤަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާތީ އާއި އަދި މިޤަވާއިދުގައި ބައިނަލްއަޤުވާމީ މިންގަޑުތަކާއި ތަޢާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ 16ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިން އެޖެންސީ ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި އެ މުއްދަތަށްފަހު ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމަކީ މަނާ ކަމެކެވެ.

އަދި ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ކުރަންވާނީވެސް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިން އެޖެންޓުކަން ކުރުމަށް ޝިޕިން އޭޖެންޓުންނަށް ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށްވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: