ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއޭއީ އިން ރާއްޖެ އަށް ދެ ސެނިޓައިޒޭޝަން ޓްރަކް ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއޭއީ އިން ރާއްޖެއަށް ދެ ސެނިޓައިޒޭޝަން ޓްރަކް ހަދިޔާކޮށްފިއެވެ.

ޔޫއޭއީގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ވެހިކަލްތަކުގެ ސަބަބުން ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފަސޭހަވެ އަދި ވަރުގަދަ ކުރެވޭނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ވެހިކަލްތަކުގެ ސަބަބުން އާއްމު ތަންތަން ޑިސް-އިންފެކްޓްކުރުމަށް ކުރާ މަސައްކަތްތައް ފަސޭހަވެ، މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު މަދު ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ކޮވިޑާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫއޭއީން މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ރާއްޖެ އަށް 77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: