ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރަން މަޝްވަރާކޮށްފި

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ މި ބައްދަލުވުމުގައި މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެންބަރުން އިށީދެވަޑައިގަންނަވާ ތަރުތީބު ބަދަލުކުރެއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިކަމުގެ މަޝްވަރާތައް ކޮށްފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައެވެ.

މަޖިލީހުގައި މެމްބަރުން ތިއްބަވާ ގޮތަށް ބަދަލުތަކެއް ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެގޮތުން މިދިޔަ އަހަރު ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ޗެމްބަރުގައި ގޮނޑި ޖަހާނެ އުސޫލެއް މަޖިލިހުގެ ގަވައިދުގައި ހިމަނާފައި ނުވާ ކަމަށާއި މިހާރު މެމްބަރުން ތިއްބަވަނީ އެއީ ޒަމާނުއްސުރެ އެކަން އޮންނަ ގޮތަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: