ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޯނިޔާ ބޯޓާއިއެކު އެމްއެންޑީއެފްގެ މަސައްކަތްތަކަށް ކުރިއެރުން ލިބިގެންދާނެ: މާރިޔާ

މިއަދު ގެނައި ޑޯނިޔާ މަތިންދާބޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޯނިޔާ މަތިންދާބޯޓާއިއެކު އެމްއެންޑީއެފްގެ މަސައްކަތްތަކަށް ކުރިއެރުން ލިބިގެންދާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިއީ 2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތްކުރެވެމުންދިޔަ ބޯޓެއްކަމަށެވެ. މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

މިމަތިންދާ ބޯޓު ރާއްޖެއަށް ގެނެވުމާއި ގުޅިގެން މިނިސްޓަރ ވަނީ އިންޑިޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއާއެކު އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުމެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

ރާއްޖޭގައި ހުންނަ އިންޑިޔާ ހައި ކޮމިޝަނުން ބުނީ، ބޯޓުގައި ހުންނާނީ އެމްއެންޑީއެފްގެ ކުލަތައް ކަމަށެވެ. އަދި ބޯޓު އޮޕަރޭޓް ކުރަމުންދާނީ ދިވެހި ޕައިލަޓުންކަމަށެވެ.

ރާއްޖެއަށް މިބޯޓު ގެނެސްފައިމިވަނީ، ރާއްޖޭގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވަމުންދާކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަނުން ވަރަށް ބޮޑަށް ކުރަމުންދާ ދުވަސްވަރެއްގައެވެ. ރާއްޖޭގައި ހަރަކާތްތެރިވަމުންދާ އިންޑިޔާގެ ސިފައިންގެ އަދަދާއި ދެ ގައުމުގެ މެދުގައި ގާއިމްކޮށްފައިވާ އެއްބަސްވުންތައް އާންމުކުރުމަށް ކެނޑިނޭޅި އަންނަނީ ގޮވާލަމުންނެވެ. އަދި އިންޑިޔާ ސިފައިން މިގައުމުން ބޭލުމަށް ގޮވާލައި ހޭޝްޓެގް އިންޑިޔާ އައުޓްގެ ނަމުގައި ސޯޝަލް މީޑިޔާގައި އަންނަނީ ކެމްޕެއިނެއްވެސް ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: