ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިދާރާތަކުގެ މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ އަލުން ދީފި

ސަރުކާރުގެ ގިނަ އިދާރާތަކެއް ހިމެނޭ ވެލާނާ ބިލްޑިންގް. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި އިދާރާތަކަށް އައު މަޤާމު އުފައްދައިދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައި އޮތް އެންގުން މިއަދު އުވާލައިފިއެވެ.

ސީއެސްސީ އިން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހޯދަންޖެހޭ ހުއްދައާއި މާލިއްޔަތާބެހޭ ސަރކިއުލަރގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސުން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު، ކައުންސިލްގެ އިދާރާތަކުގެ މަޤާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް “ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި ޢުޞޫލުތައް” އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް އަންގާ ކަމަށެވެ.

ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައިވާ ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުން ވަގުތީ ގޮތުން މަޑުޖައްސާލާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ހަވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: