ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމުގެ ހާލަތު އޮތް ގޮތުން ރައީސް ޔާމީންގެ ޚިދުމަތް އިންތިހާއަށް އެބަ ބޭނުންވޭ: ޑރ. ޝަހީމް

ޑރ ޝަހީމް އަލި ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރައްޖޭގެ ކަންތައްތައް ދާ ގޮތުންނާއި ގައުމުގެ ހާލަތު އޮތް ގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޚިދުމަތް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން  ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަންވެސް ކުރައްވާ ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ގައުމު ކުރިއަރުވަން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ އެތެރެއާއި ބޭރުން އެތައް ގޮންޖެހުމެއް ކުރިމަތިވިއިރުވެސް ގައުމަށް ޚިދުމަތް ކުރެއްވުމުގައި ރައީސް ޔާމީން ދެއްކެވި ހިތްވަރާ އަޒުމަކީ ކޮންމެ ދިވެހިރައްޔިތަކުވެސް ފާހަގަކުރާނެ ކަމެއް ކަމަށެވެ.

ދެހާސް އަށާވަނަ އަހަރުގެ ރިޔާސީ އިންތިބުގައި ރައީސް ޔާމީނަށް ވޯޓު ނުދެއްވުނު ފަރާތްތަކުންވެސް އެކަމާއި ހިތާމަކޮށް އެވާހަކަ ދައްކާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ ދިވެހިރާއްޖެ ފެނިގެންދާނީ މުޅިން އެހެން ގައުމެއްގެ ގޮތުގައި ކަމަށް އެމަނިކުފާނަށް ވޯޓު ނުދެއްވުނު މީހުންވެސް މިހާރު ޤަބޫލު ކުރާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ގައުމެއް ތަރައްޤީކޮށް ބިނާ ކުރެވޭނީ ވަރަށް ވަރުގަދަ އަޒުމެއް ހުރެގެނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: