ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަހުލާ ވަރިއެއް ނުކުރޭ، ރާނިޔާ އަކީ ގާސިމްގެ ހަތަރު ވަނަ އަނބި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ސޯސަލް މީޑިޔާގައި އެންމެ “ހިޓް” އެއް ވާހަކައަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކާ ކައިވެނި ބައްލަވައިގަތް ވާހަކައެވެ.

މިއާއެކު ގާސިމްގެ ތިން ވަނަ އަނބި އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަރި ކުރެއްވީ ތޯއެވެ. ބައެއް މީޑިއާތަކުން ނަހުލާ ވަރި ކުރެއްވި ކަމަށް ރިޕޯޓު ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ނަހުލާގެ ގާތް މީހަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އެނގިފައިވާ ގޮތުގައި ގާސިމް ކައިވެނި ބައްލަވައިގެންފައިވަނީ ރޭ ސަން އައިލެންޑް ރިސޯޓުގައެވެ. އުމުރުން 70 އަހަރުގެ ގާސިމް ކައިވެނި ބައްލަވައިގެންފައިވަނީ އދ. މާމިގިލި، ހަޒާރުމާގެ، ރާނިއާ އަބްދުލް ހަމީދުއާ އެވެ. ރާނިއާއަކީ އުމުރުން 21 އަހަރުގެ އަންހެނެކެވެ.

ގާސިމް އާއި ނަހުލާ ގެ ކައިވެންޏަަށް 13 އަހަރު ވެފައިވާއިރު އެކައިވެންޏަށް ހަ ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

ނަހުލާއާއެކު މިހާރު ގާސިމްގެ ހަތަރު އަނބިން ތިއްބަވައެވެ.

 

ވަރަށް ގަދަ
33%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 28%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 28%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: