ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން އެއްވެސް މަންފާ ހޯދާފައެއް ނުވާނެ: އަދާލަތު

އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން އެއްވެސް މަންފާ ހޯދާފައެއް ނުވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތުން މިހެން ބުނީ އެ ޕާޓީ ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނަށާއި ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ލިބިފައިވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވުމާ ގުޅިގެންނެވެ.

އަދީބު މިހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ 7 ދައުވާގެ ޝަރީއަތުގެ އިބްތިދާއީ އަޑު އެހުމުގައި ވާހަކަ ދައްކަވަމުންނެވެ.

“ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭނެ، މަންފާ ލިބުނު ފަރާތްތަކުގެ ތެރޭގައި” އަދީބު ވިދާޅުވިއެވެ.

އަދީބުގެ މި ތުހުމަތުތަކާ ގުޅިގެން އަދާލަތުން ރޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ ޕާޓީ އަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގަމުން ދިޔަ ހިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދައްކައި އެކަމާ ފާޅުގައި ދެކޮޅު ހެދި ޕާޓީ ކަމަށެވެ.

ކުރީގެ ނައިބު ރައީސް ހިންގަވަމުން ގެންދެވި ޣައިރު ގާނޫނީ ކަންކަމުގެ ވާހަކަ، އެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެމެ، އެންމެ ފުރަތަމަ ދެއްކީ ވެސް އެ ޕާޓީން ކަމަށް އަދާލަތު ޕާޓީއިން ބުންޏެވެ.

“އަދާލަތު ޕާޓީގެ އެންމެހާ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރުވަން އޮތް ޔަގީންކަމަކީ މި ހިޔާނާތުގެ ތެރެއިން ހޯދިކަމަށް ތުހުމަތުކުރާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާ މި ޕާޓީ އިން ހޯދާފައި ނުވާނެ ކަމުގެ ޔަގީންކަމެވެ،” އަދާލަތު ޕާޓީން ބުންޏެވެ.

އަދާލަތު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާއި ހިންގާފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލު ކަމާ ގުޅުންހުރި މުއައްސަސާތަކުން ލަސް ނުކޮށް ހާމަ ކުރުމަށް ގޮވާލާފައެވެ.

ޝަރީއަތުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އޭނާވެސް އިސްތިސްނާނުވާ ގޮތަށް މި ހިޔާނާތުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެސް އަދަބު ދޭންޖެހޭ ކަމަށާއި އެގޮތުން އެ ފައިސާގެ މަންފާ ކުރީގެ ރައީސުންނަށާއި، މަޖިލީސް މެމްބަރުންނަށާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނަށާއި އަދި ސިޔާސީ ހުރިހާ ޕާޓީތަކަށްވެސް ލިބުނު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: