ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ ގެ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު ހޮވިވަޑައިގަތުންވާނީ ފަޚުރަކަށް: ނަސީމް

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ނަތީޖާއަކަށް ވެގެންދާނީ، އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ހޮވިވަޑައިގަތުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ އަންނަ ދައުރުގެ ރައީސް ކަމުގެ މަޤާމަށް ޝާހިދު ކުރިމަތިލެއްވުމަށް ނިންމަވައި ކެމްޕެއިން ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ކޮވިޑު-19 އާއި ގުޅިގެން އިއުލާންކުރި ފުރަބަންދުގެ ސަބަބުން، ކެމްޕެއިންވަނީ ކުޑަކޮށް މަޑު ޖައްސާލަފައެވެ.

ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުން ނެރޭ ހަފްތާ ރިޕޯޓަށް ދެއްވި އިންޓަވިއުއެއްގައި ނަސީމް ވިދާޅުވީ، އދ  ގެ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު ހޮވިވަޑައިގަތުން ވެގެންދާނީ ދިވެހިރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަޚުރަކާއި ޝަރަފަކަށް ކަމަށެވެ.

މީގެ ކުރިން އދ ގައިވެސް ދިވެހިރާއްޖޭ ތަމްސީލުކުރެއްވި، ނަސީމް ވިދާޅުވި ގޮތުގައި އެ ޖަމިއްޔާގެ މެންބަރު ގައުމެއްގެ ގޮތުގައި ވެގެންދިޔައިރު، ދުނިޔޭގެ މަޝްރަހުގައި ހިނގާ ކަންކަމާއި ގުޅޭގޮތުން ވަކާލާތުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

ނަސީމް ވިދާޅުވީ ދުނިޔޭގެ ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ރާއްޖޭފަދަ ކުޑަ ގައުމަކުން ވާކާލާތު ކުރުމުގެ ދައުރު އަދާކުރާނެ ގޮތަކާމެދު ސުވާލު އުފެއްދުންފަދަ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށް ނަސީމް ވިދާޅުވިއެވެ.

ކުދި ގައުމުތަކާއި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖޭން އދ ގައި މިހާތަނަށްވެސް އަދާކޮށްފައިވަނީ ވަރަށް މުހިއްމު ދައުރުތަކެއް ކަމަށާއި 2010 ވަނަ އަހަރު އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ރާއްޖެ ހޮވުނީ އެފަދަ ކައުންސިލަކަށް ހޮވުނު އެންމެ ކުޑަ ގައުމުގެ ގޮތުގައި ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި އދ.ގެ ޗާޓަރުގައިވާ ކަންކަން ތަންފީޒްކުރުމުގައި ގެންގުޅުއްވަނީ ވަރަށް ހަރުދަނާ އުސޫލުތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

“ދެހާސް ދިހައެއްގައި އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ރާއްޖެ ހޮވުނީ އެންމެ ކުޑަގައުމުގެ ގޮތުގައި، މިހާރު އަނެއްކާ އަބްދުﷲ ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި ޚާއްސަ މުހިއްމުކަންކަމާއި މެދުގައި ވަރަށް ޕްރޯ އެކްޓިވްކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ، އޭގެ ނަތީޖާއެއް ކަމަށް އަޅުގަނޑު ދެކެނީ ދެން އޮންނަ ޔޫއެންގެ ޖެނެރެލް އެސެމްބްލީގެ ރައީސަކަށް ޝާހިދު ހޮވިގެން ދިޔުން” ނަސީމް

މީގެ އިތުރުން ނަސީމް ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ހުރިހާ ކުދި އަދި ޖަޒީރާ ގައުމުތަކަށް ރައްކާތެރިކަމާއި، އިގްތިޞޯދީ ކުރިއެރުން ހޯދައިނުން ކަމަށެވެ.

ނަސީމް ވިދާޅުވީ ރާއްޖޭން އދ ގައި މިހާރު އަދާކުރާ ދައުރަކީ ދުނިޔޭ ކުދި ގައުމުތަކުން ވަރަށް އިހުތިރާމްކުރާ މަޤްބޫލު ދައުރެއް ކަމަށް ނަސީމް ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ހޮވަނީ މެމްބަރު ޤައުމުތަކުގެ ވޯޓަކުންނެވެ. އަދި އެ މަޤާމުގެ މުއްދަތަކީ 1 އަހަރެވެ. ކޮންމެ އަހަރަކުވެސް އެ މަޤާމަށް ކުރިމަތިލާން ލިބެނީ ކޮންމެވެސް އެއް ބައްރެއްގެ ޤައުމުތަކަށެވެ.

މިގޮތުން މިހާރު ހިނގާ 75 ވަނަ ދައުރުގައި ރައީސަކީ ތުރުކީގެ  ވޮލްކާން ބޯސްކިރްއެވެ. ބޯސްކިރް އެ މަޤާމަށް ވަޑައިގަތީ ދެކުނު ޔޫރަޕާއި، އޯޝޭނިއާ، އަދި އުތުރު އެމެރިކާގެ ޤައުމުތަކުގެ ތެރެއިންނެވެ.

އަންނަ ދައުރުގައި ފުރުސަތު ލިބޭނީ އޭޝިޔާ ޕެސިފިކް ޤައުމުތަކުގެ ތެރެއިން ޤައުމެއްގެ ފަރާތަކެވެ. އެހެން ކަމުން މިނިސްޓަރު ޝާހިދު ކުރިމަތިލައްވާނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްއަކަށެވެ. މިވަގުތު ރާއްޖެއާއި ވާދަކުރާނެކަން ޔަގީންވެފައިވަނީ އަފްޣާނިސްތާނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: