ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ކުންފުންޏާއެކު އެއާޕޯޓުތަކަށް ވިޔަފާރީގެ ދިރުން ގެނެސްދޭނެ: މައުސޫމް

ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރަހައްދީ އެއާޕޯޓުތައް ހިންގަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކުންފިނީގެ ސަބަބުން އެއާޕޯޓުތަކަށް ވިޔަފާރީގެ ދިރުން ގެނެސްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

“ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ސޯލިހު އިއްޔެ ވަނީ އުފައްދަވާފައެވެ.

ރައީސް އޮފީހުން ބުނީ އެ ކުންފުންޏަކީ ސަރުކާރުން ހިންގާ ސަރަހައްދީ އެއާޕޯޓުތައް ވިޔަފާރީގެ އުސޫލުން ހިންގައި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް އުފެއްދެވި ކުންފުންޏެއް ކަމަށެވެ.

މިކަމާ ގުޅިގެން މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުންފުންޏާއެކު އައްޑޫ ސިޓީގެ ގަން އެއާޕޯޓާއި އެހެނިހެން އެއާޕޯޓުތަކަށް ވެސް ވިޔަފާރީގެ ދިރުން ގެނެސްދޭނެ ކަމަށެވެ.

މައުސޫމް ވަނީ ރައީސް ސޯލިހުގެ މި ނިންމެވުމަށް ތައުރީފުކުރައްވާފައެވެ.

ރީޖަނަލް އެއާޕޯޓުތައް މެނޭޖު ކުރުމަށް ކުންފުންޏެއް އުފެއްދެވީ ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ އެއާޕޯޓުތައް ހިންގަމުން ގެންދާ އެއާޕޯޓުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގަން ޖެހޭކަމަށް ދެކިވަޑައިގަންނަވާތީ ކަމަށް އެ ކުންފުނި އުފައްދަވާ ނެރުއްވި ގަރާރުގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރީޖަނަލް އެއާޕޯޓުތައް ތަރައްގީކޮށް ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރަމުންދާއިރު ވެލަނާ އިންޓަނެޝަނަލް އެއާޕޯޓާއެކު ރާއްޖޭގައި 16 އެއާޕޯޓު މިހާރު އެބައޮތެވެ. އޭގެ ތެރެއިން ބައެއް އެއާޕޯޓުތަކަކީ އަމިއްލަ ކުންފުނިތަކުން ހިންގާ އެއާޕޯޓުތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: