ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބުއާ އެކު އިއުތިރާފް އެއްބަސްވުން ހެދުމުން ޕީޖީގެ ނިޔަތާމެދު ސުވާލު އުފެދޭ: ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު އިއުތިފާފް އެއްބަސްވުން ހެދުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއާ ގުޅިގެން ޕީޖީ އާއި އަދީބުއާ ދެމެދު ވެފައިވާ އިއުތިރާފްގެ އެއްބަސްވުން ޝަރީއަތުން ބަލައިގަނެ، އަވަސް ނިޔާގެ ޝަރީއަތެއް އަންނަ ހަފްތާގައި ބޭއްވުމަށް ވަނީ ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތަކީ ގައުމުގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާކަން ވަރަށް ސާފު ކަމަށާއި އެކަމުގައި ސުވާލު އުފެދެނީ ޕްރޮސެކިއުޓާރ ޖެނެރަލްގެ ނިޔަތާ މެދު ކަމަށެވެ.

“އެއީ މުއްތަހަމުގެ ކުރީގެ ވަކީލު. ކުށުގެ މާސްޓާމައިންޑާއެކު އެއްބަސްވުމުގެ ޑީލަކީ ކޮބާ؟ އިސްމުޖުރިމާއެކު ޑީލް ހެދުމުގަ ޤާނޫނީ ސުވާލުތަކެއް ނެތްތޯ؟ ގޯސް މައްޗަށް ގޯސް.” ޖަމީލް ވިދާޅުވިއެވެ.

ދައުލަތުން ކުރާ ހުރިހާ ދައުވާއަކަށް އިއުތިރާފްވާ ކަމަށް އަދީބު ވިދާޅުވި އެވެ. ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަން ފާހަގަ ކުރަމުން އަދީބު ވަނީ އޭނާއަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އަދީބުގެ ވާހަކަތަކާ ގުޅިގެން ގާޒީ އަދީބުގެ ކިބައިން އެެއްސެވީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައި ވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އެވެ. އަދީބު ވިދާޅުވީ އެއްބަސްވުން ހެދީ މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށެވެ. ދެން ގާޒީ އެއްސެވީ އެއްބަސްވުން ހެދިއިރު ހުރީ ހަމަ ބުއްދީގައި ތޯ އެވެ. އެ ސުވާލާ ގުޅިގެން އަދީބު ވިދާޅުވީ އެއްބަސްވުން ހެދީ ހަމަ ބުއްދީގައި ހުރެ ހެޔޮ ނިޔަތުގައި ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: