ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް، އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފި

މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްް އޭވިއޭޝަނުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަނު ކުރެއްވުން -- ފޮޓޯ: ޓްރާންސްޕޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒް، މުސާރަ ލިބޭ ގޮތަށް މަސް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނެންޓު ސެކްރެޓަރީއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް ތަހުގީގު ކުރުމަށް އެ ކޮމިޝަނުންގެ ގަވާއިދުގެ 258 ވަނަ މާއްދާގެ(ނ)ގެ 1 ވަނަ ނަމްބަރުގެ ދަށުން ޕީއެސް އަބްދުﷲ ފަޔާޒް މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް އޮފީހަށް ނުކުތުން މަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ފަޔާޒު ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަސް ތެރޭގައެވެ. ފަޔާޒަކީ ސަރުކާރުގެ އެކި ފެންވަރުގެ ވަޒީފާތަކުގައި ހަ އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ހިންގުމުގެ ދާއިރާގައި އޭނާ ވަނީ 11 އަހަރު ހޭދަކުރައްވާފައެވެ.

ފަޔާޒަކީ ހިންގުމުގެ ދާއިރާގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ތަފާތު މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ހަ އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި ވަޒީފާތަކުގައިފަޔާޒު ހިދުމަތް ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: