ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް ނުލިބޭ: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް/ޕީއެންސީ އަށް ނިލިބޭ ކަމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ޖަލްސާއެއްގައި  ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އަދީބު ދެއްކެވި ވާހަކަތައް އިންސާފުވެރިކަމާއެކު ބަލައިދިނުމަށް އެދޭ ކަމަށާއި ހިޔާނާތުގެ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް ލިބިފައި ނުވާ ކަމަށެވެ.

އަދީބުގެ ވާހަކަތަކުން އެމްޑީޕީ އާއި އަދާލަތާއި އަދި އެމްއާރްއެމް އަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަން ޔަގީންވާ ކަމަށާއި އެހެންކަމުން މިކަން ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުރުން ފުލުހުންނާއި އޭސީސީ އަދި އިބްރާހިމް މުހައްމަދު ސޯލިހު ވެސް އުޅުއްވަންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އަދި ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ލިބިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: