ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާ އާއި ރާއްޖެއާ ދެމެދު ވަނީ އަނދިރި ދައުލަތެއް އުފެދިފަ: ކާނަލް ނަޝީދު

ކާނަލް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާ އާއި ރާއްޖެއާ ދެމދު ވަނީ އަނދިރި ދައުލަތެއް އުފެދިފައިކަމަށް ކާނަލް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކާނަލް ނަޝީދު ވިދާޅުވީ، އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. ދިވެހިންގެ ސަގާފަތާއި ތަރިކަވެސް އިންޑިޔާގެ ސަގާފަތާއި ތަރިކައާއި ގުޅިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ ކަންކަން ވިޔަދީގެން ނުވާނެ ކަމަށާއި ރާއްޖެއަކީ ކިތަންމެ ކުޑަގައުމެއް ކަމަށްވިޔަސް މިނިވަން، މުސްތަގިއްލު ގައުމެއް ގޮތުގައި އޮންނަން ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިޔާއާ ދެމެދު ގާއިމް ކުރަމުންދާ އެގްރީމެންޓްތަކުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާކަމަށް ނަޝީދު ތުހުމަތުކުރެއްވިއެވެ. ލޯނުގެ ގޮތުގައި އިންޑިޔާއިން ދިން 250 މިލިޔަން ޑޮލަރަކީ، ރާއްޖެ މިވަގުތު އޮތް ހާލަތަށް ބަލާއިރު ވަރަށް ބޮޑު އެހީއެއްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެއީ ލޯނެއް ނޫން ކަމަށް ނުވަތަ ފަހުން އަނބުރާ ދައްކަން ނުޖެހޭ، ހިލޭ އެހީއެއްކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރަމުން ދިޔުމަކީ ގޯހެއްކަމަށް ވިދާޅުވިއެވެ. ލޯނު އަނބުރާ ދައްކާއިރު އިންޓްރެސްޓްގެ ގޮތުގައި އެކަނިވެސް، 83 ނުވަތަ 85 މިލިޔަން ޑޮލަރު ދައްކަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ ވާހަކަތަކުން ކޮވިޑް-19ގެ ދުވަސްވަރު އެކަނިވެސް ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ބިލިޔަނެއްހާ ޑޮލަރު ލިބިގެން ހިނގައްޖެކަން ހާމަވާ ކަމަށާއި އެކަމަކު އެފައިސާއިން ރައްޔިތުންނަށް ވީ ކޮން ފައިދާއެއްތޯ ސުވާލު އުފެއްދެވިއެވެ.

އިންޑިޔާއަކީ ކިތަންމެ ގާތް ގައުމެއް ކަމަށްވިޔަސް، އަސްކަރީ ކަންކަމުގެ ތެރެއަށް ވަދެގެން ނުވާނެ. މިހާރު ކަންކަން ވަމުންދާ ގޮތަށް ބަލާއިރު، އުލިގަމު ގެއްލިދާނެހެން ހީވޭ. ސެކަންޑް ހޯމް ޕްރޮގްރާމެއްގެ ގޮތުން ދައްޕަރުގައި ރެޒިޑެންޝަލް ޔުނިޓުތަކެއް އެޅުމަކީ ރަނގަޅު ކަމެއް. އަޅުގަނޑުވެސް އެކަމަށް ތާއީދު. އެކަމުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖެއަށް ޝައުގުވެރިވާނެ. އެކަމަކު ހަނިމާދޫ އެއާޕޯޓު އިންޑިޔާ ސިފައިން އަތަށް ގޮސް، އިންޑިޔާއާއި ރާއްޖެއާ ދެމެދު ފެރީ ފަށައި، މިހުރިހާކަމެއް އެއްފަހަރާ ވަމުންދާތީ މިވާން އުޅެނީ ކިހިނެއް ކަމެއް ނޭންގޭ

ނަޝީދު ވިދާޅުވީ އައްޑޫގައި ގާާއިމްކުރަމުންދާ ޕޮލިސް އެކަޑަމީ ހަދައި ނިންމުމަށް އިންޑިޔާއިން މީހުން ގެނައީ، ރާއްޖޭގައި އެކަމުގެ ފަންނުގެ މީހުން ތިއްބާ ކަމަށެވެ. އަދި އެމީހުން ގެނައިއިރު އެމީހުންނަށް ތިބީ ކޮވިޑްވެސް ޖެހިފައި ކަމަށާއި 40އަށްވުރެ ގިނަ މީހުން އެމީހުންގެ ތެރެއިންވެސް ކޮވިޑަށް ޕޮޒިޓިވްކަން ހާމަވެފައިވާ ކަމަށެވެ.

އިންޑިޔާއިން އައްޑޫއަށް މީހުން ގެންނައިރު ޓެސްޓްވެސް ނުކުރާ ކަމަށާއި އެމީހުން އުޅެނީ އެމީހުން ބޭނުންހާ ގޮތަކަށް ކަމަށެވެ. ހަނިމާދޫއަށް އައި އިންޑިޔާ މީހުންވެސް އުޅުނީ ބޭނުން ގޮތަކަށް ކަމަށާއި ރައްޔިތުންނަށް ވާނެ ގޮތަކަށް ވިސްނާނުލާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ދިވެހިންގެ ތެރެއިން މީހަކު މުޒާހަރާގައި ހުރެފައި މާސްކު ތިރިވީމައި ހައްޔަރުކޮށްގެން ގެންގޮސް ޖޫރިމަނާ ކުރާކަމަށާއި، މިއީ ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.

އަސްކަރީ ހުރިހާ ވާހަކަތަކަކީ އެންމެންނަށް ހާމަކުރެވޭނެ މައުލޫމާތެއް ނޫން. އެކަމުގައި މައްސަލައެއްނެތް. އެކަމަކު މަޖިލީހުގެ ގައުމި ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހެ ކޮމިޓީއަށް ހާމަކުރެވެން ވާނެ ނޫންތޯ. އޭރުން މެމްބަރުންނަށް ޔަގީން ވެގެންދާނެ މީގައި މައްސަލައެއް ނެތްކަން

ކޮމިޓީތަކަށް ހަމަކުރާ ސިއްރު މައުލޫމާތު ލީކުވުމާއި ބެހޭގޮތުން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، އެހިސާބުން އެމައްސަލަ ބަލައި ފިޔަވަޅު އަޅާނީ ކަމަށެވެ. ނުވަތަ ހާމަކުރާ މައުލޫމާތުގެ ނުވަތަ ރިޕޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފިނަމަ، އެކަމަށްވެސް ފިޔަވަޅު އަޅާނީ ކަމަށެވެ.

އެހެންނަމަވެސް، ޑޯނިޔާ މަތިންދާބޯޓު ރަޖިސްޓްރީވެފައި ވަނި ކޮންތާކުތޯ ނުވަތަ ދުއްވަނީ ކޮން ބައެއްތޯ ހާމަކުރެވެންވާނެކަމަށް ވިދާޅުވިއެެވެ. އެއީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގެ ހެދި އެއްބަސްވުމެއްގެ ދަށުން ގެނައި މަތިންދާބޯޓެއް ނޫންތޯ ސުވާލުކުރުމުން، ރައްދުގައި ނާޝިދު ވިދާޅުވީ، އެ އެއްބަސްވުން އޭރު އޮތްގޮތަށް މިހާރު ނޯންނާނެ ކަމަށެވެ. އޭރު ހެދި އެއްބަސްވުމަށް މިހާރު ވާނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައިކަމަށް ނާޝިދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިވަގު ސަރުކާރެއް. ކެނެރީގެ ބުއްޅަބޭ އާއި ހިންނަވަރު ބުއްޅަހުއްތު މިޤައުމު އިންޑިއާ އަށް ދަރުވާ ވިއްކާ ފިލާނެ ކޮންމެވެސް ގައުމެއްގެ ހިމާޔަތުގައި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: