ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

56 ސިވިލް ސާވަންޓުން ތަމްރީން ޕްރޮގްރާމެއްގައި އިންޑިއާއަށް

56 މުވައްޒަފުން އިންޑިޔާއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސްގެ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ތަމްރީން ޕްރޮގްރާމެއްގައި އިންޑިޔާއަށް ދިޔުމަށް ހަމަޖެހިއްޖެއެވެ.

އެގޮތުން 56 ސިވިލް ސާވަންޓުން ތަމްރީން ޕްރޮގްރާމެއްގައި އަވަށްޓެރި އިންޑިއާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ސިވިލް ސާވަންޓުން ދިއުމަށް ހަމަޖެހިފައިވަނީ ސިވިލް ސާވިސް ކޮމިޝަނާއި އެންސީޖީޖީއާ ދެމެދު ގާއިމު ކުރި އެމްއޯޔޫއެއްގެ ދަށުން ހިންގޭ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމަށެވެ. މި އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެއްގައެވެ.

މިއަދު މިކަމާއި ގުޅިގެން ބޭންވުނު ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނާސިހު ދެއްކެވި ވާހަކައިގައި ފާހަގަ ކުރެއްވީ ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރު ހިންގުމުގެ އީޖާދީ ވިސްނުން ގެންގުޅުއްވާ ހީވާގި މުވައްޒަފުންތަކެއް ކަން ކަށަވަރު ކުރެއްވުމަށް މިފަދަ ޕްރޮގްރާމްތައް ވަރަށް މުހިއްމު ކަމަށެވެ. މިބޭނުން ފައިދާ ހުރި ގޮތުގައި ހިފުމަށް އޭނާ ވަނީ ބައިވެރިންނަށް ހިތްވަރު ދެއްވާފައެވެ.

ރަސްމިއްޔާތުގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މިތަމްރީނުތައް އިންޑިއާގެ ސަފީރު ސިފަ ކުރައްވާފައި ވަނީ ރާއްޖެއާއި އިންޑިއާގެ ދެމެދުގައިވާ ގުޅުމުގެ މައިގަނޑު ތަބުގެ ގޮތުގައެވެ. އަދި ރާއްޖޭގައި ހިންގާ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން ވަރަށް ބޮޑައް އޮތްކަމާއި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތްވެސް އެބޭފުޅާ ވަނީ ފާހަގަ ކުރައްވާފައެވެ.

މި އެމްއޯޔޫގެ ދަށުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ 1000 މުވައްޒަފުންނެވެ. މިހާތަނަށް 220 ސިވިލް ސާވަންޓުނަށް ތަމްރީން ދީފައިވާއިރު މި ފޮނުވޭ 56 މުވައްޒަފުންނާއި އެކު 300 އާ ގާތް ކުރާ އަދަދެއްގެ މުވައްޒަފުންނަށް ތަމްރީނު ލިބިގެންދާނެއެވެ.

މީގެ އިތުރުންވެސް މިއަހަރާއި މިއަންނަ އަހަރު އިތުރު މުވައްޒަފުން އިންޑިއާ އަށް ފޮނުވައިގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: