ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލެއް އަޅަން ރައީސް ސޯލިހަށް އެވިސްނުންފުޅުވެސް ނާންނާނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރުމަވަންތަ ހޮސްޕިޓަލް ވަރުގެ ހޮސްޕިޓަލެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިނުލައްވާނެ ކަމަށާއި އެފަދަ ވިސްނުންފުޅެއްވެސް ރައީސް ސޯލިހަށް ނާންނާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ހޮސްޕިޓަލެއްވެސް އެމަނިކުފާނަށް ތަރައްގީކުރެވިދާނެކަން ފާހަގަކުރައްވާ ދެއްކެވި ވާހަކަތަކަށް ޝިޔާމް ވަނީ ފާޑު ވިދާޅުވެފައެވެ.

އެރޭގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން އަތޮޅުތެރޭގެ ރައްޔިތުންނަށް ވީފައިދާއެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން އައިޖީއެމްއެޗްގެ ކިޔޫ ދިގުވުން ނޫން ކަމެއް ނުވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ވާހަކަތަކަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ހޮސްޕިޓަލެއް އެޅޭނެކަމަށް އަަށް ބާރުލާފައި ރައީސް ސޯލިހަށް ވިދާޅުވެވިދާނެ ކަމަށާއި އެހެންނަމަވެސް އެކަން ރައީސް ސޯލިހަށް ނުވާނެކަމަށް ވިދާޅުވިއެވެ. އެފަދަ ވިސްނުމެއްވެސް ރައީސް ސޯލިހަށް ނާންނާނެ ކަމަށާއި އެފަދަ ކަމެއް ކުރާނެ ފައިސާ ހޯދާނެ ގޮތްވެސް ރައީސް ސޯލިހަށް އެނގިނުލައްވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ރައީސް ޔާމީން ތަރައްގީކުރީ، ރާއްޖެ އޮތް އަޅުވެތިކަމުން ސަލާމަތްކުރަން ކަމަށެވެ. ރާއްޖެއަށް އޮތް ވަކިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވަކިގަނޑަކީ ސިއްހީ ދާއިރާގެ ވަކިގަނޑު ކަމަށާއި އޭރު އޮތް ސަގާފަތަކީ ވަކި ގައުމެއްގެ ކުރިމަތީގައި އަބަދުވެސް ކުޑަކަކޫ ޖަހައި ސަލާންޖެހުންކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ސަގާފަތެއް ކަމަށް ވިދާޅުވިއެވެ. އެސަގާފަތުގައި ޖީލުތަކެއް ހޭދަވި ކަމަށާއި، މިކަންކަން ވާނީ ވިސްނުމާއެކު ވެރިންގެ ކިބައިގައި އެހިތްވަރު ހުރެގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެމްއާރްއައި މެޝިން ގެނައުމުގެ ވިސްނުމަކީވެސް ތަފާތު ވެރިކަންތަކުގައި އެކި ރައީސުން ގެންގުޅުއްވި ޚިޔާލުފުޅެއް ކަމަށާއި އެހެންނަމަވެސް އެބޭފުޅުން ތިއްބެވީ ވަކި ގައުމަކުން އެމްއާރްއައި މެޝިން ހަދިޔާކުރަންދެން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މިކަންކުރުމަށް ސަރުކާރުތަކުން ނުކުޅެދުންތެރިވެފައިވާ ކަމަށާއި އެމްއާރްއައި މެޝިނަކީ ދެމިލިއަނެއްހާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ހުރިހާ ވެރިކަމަކުންވެސް ތިބީ އިންޑިޔާއިން އެމްއާރްއައި މެޝިން ދެންދެން މަޑުކޮށްގެން. ދެ އަހަރުގެ ދައުރު، ތިން އަހަރުގެ ދައުރު، ތިރީސް އަހަރުގެ ދައުރު ނިމިގެންދިޔައިރުވެސް އެމްއާރްއައި މެޝިނެއް މިތަނަކަށް ނާދޭ. އެމްއާރްއައި މެޝިނުން މިއަންގައިދެނީ ކޮން ބައްޔެއްކަން މިހުރީ، ބަލިވީމަ ވާނުވާ ނޭންގުނީމަ މިވަނީ ކީއްކަން އެނގެން ބޭނުންވާނެ. އެސްކޭން މިތަނުން ނުހެދޭ ކަމަށްވާނަމަ ދަން މިޖެހެނީ ބޭރަށް. މިތަނުގައި އެންމެ ބޮޑަށް ވަކި ހިއްޕާފައި މިއޮތީ އިންޑިޔާގައި!” ޝިޔާމް

ހަމައެފަދައިން ބްރިޖް އެޅުމުގެ ވިސްނުމާއި އެކަމުގެ ވިސްނުން އެހެން ސަރުކާރުތަކުން ގެންގުޅުނު ކަމާއި ބްރިޖަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެޅި އެއްޗެއް ނޫންކަމަށް ދެކެވޭ ވާހަކަތަކުގެ ރައްދެއްގެ ގޮތުގައި ޝިޔާމް ވިދާޅުވީ  ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ވިސްނުންފުޅު އެހެން ރައީސުންވެސް ގެންގުޅުއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެވިސްނުންފުޅުތައް ތަންފީޒުކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާފައިނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭރު އިންޑިޔާއިންވެސް އެފައިސާ ދޭނެކަމަށް ބުނެފާނެ ކަމަށާއި އެހެންނަމަވެސް، އިންޑިޔާއިން އެފައިސާ ދެނީ ކިހިނެއްކަން އެއްވެސްވަރަކަށް ޔަގީންނުުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖެ އަޅުވެތިކުރުމަށް އިންޑިޔާއިން ކުރަމުންދިޔަ ކަންކަން ހުއްޓުވަން މަސައްކަތް ކުރެއްވި ބޭފުޅަކީ ރައީސް ޔާމީންކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެއްވެސް ހާލެއްގައި ރާއްޖޭގައި ތިބި ޕްރޮފެޝަނަލް ޑޮކްޓަރުންނާއި ޓީޗަރުން ނުވަތަ ސިއްހީ ދާއިރާއަށް ހިދުމަތްކުރައްވާ ބޭފުޅުންނަށް އަމާޒުކޮށް ބަސްބުނަނީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަދު ތަންފީޒްކުރަމުންދާ ސެކިޔުރިޓީ ޕޮލިސީ ތަންފީޒް ކުރަމުންދަނީ މީގެ ކުރިން މިފަދަ ތަފާތު އެތައް ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވައިގެން ކަމަށެވެ. އެއާއެކު މިއަދު ރާއްޖޭގެ މިނިވަންކަން ގެއްލެމުންދާ ކަމަށާއި ރާއްޖޭގެ މަލީ ނިޒާމަށް އެއްވެސް ކަހަލަ ބާރެއް މިއަދު ދިވެހިންނަށް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އިންޑިޔާ ނޫން އެއްގެން ގައުމެއްގެ ބޮޑު އިންވެސްޓްމަންޓެއް ގެނައުމަށް މިއަދު އެގައުމުން ހުއްދަވެސް ނުދޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: