ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވް ވުމުން، ރައީސް ސޯލިހު އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހު ތަޤްރީރު ކުރައްވަނީ—ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވް ވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަވަސް ޝިފާ އަކަށް އެދިވަޑައިގެންފިއެވެ.

ޓްރަމްޕާއި އަނބިކަނބަލުން މްލޭނިއާ ޓްރަމްޕް، ކޮވިޑަށް ޕޮޒިޓިވްވިކަން އާންމު ކުރެއްވީ، ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނާއި އަދި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ނަންފުޅުގައި ޓްރަމްޕްގެ ދެކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިލައްވާފައެވެ.

ޓްރަމްޕާއި އަނބިކަނބަލުން ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ، ޓްރަމްޕާއިއެކު މިދިޔަ އަންގާރަ ދުވަހު ރިޔާސީ ބަހުސަށް ވަޑައިގެންނެވި އެންމެ އިސް މުޝީރު ހޯޕް ހައިކްސްވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން ވައިޓްހައުސްއިން ކަށަވަރު ކޮށްދީފައި ވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕްގެ ވިދާޅުވީ މިހާރު އޭނާއާއި އަނބިކަނބަލުން ތިއްބެވީ ކަރަންޓީނުގައި ކަމަށެވެ. ކަރަންޓީނު ފުރިހަމަ ކުރައްވާނީ ވައިޓްހައުސްގައި ކަމަށް ޚަބަރު ލިބެއެވެ.

ޓްރަމްޕްގެ ފިޒީޝަން ޑރ. ޝޯން ކޮންލޭ އާންމު ކުރެއްވި މެމޯއެއްގައި ވިދާޅުވީ، ޓްރަމްޕްގެ ދެކަނބަލުންގެ ހާލުކޮޅުވެސް ރަނގަޅު ކަމަށާ، މެޑިކަލް ޓީމުން ވަރަށް ގާތުން ކަންކަން ބަލަމުން ގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: