ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބަކީ ރައީސް ޔާމީނަށް އަނިޔާކުރަން ބޭނުންްކުރާ ހަތިޔާރެއް: ޖަމީލު

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަނިޔާކުރަން މި ސަރުކާރުން ބޭނުންކުރާ ހަތިޔާރެއްކަމަށް ޔާމީންގެ ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 800 އަހަރުގެ ހުކުމް އަންނަން އޮތް މީހެއްގެ ނުރައްކަލެއް މިއަދު ކުއްލިއަކަށް މުޖުތަމަޢަށް  ނެތީތޯ އާއި ހެތްކަށް ނުފޫޒްފޯރުވުމާއި ފިލުމުގެ ބިރު މިހާރު ނެތީތޯ ސުވާޅު އުފައްދަވާފައެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ މި ފަދަ އަދަ އަމަލު ތަކުން ސަރުކާރު ކިލަނބުވެފައިވާ ވަރު ފެންނަކަމަށާއި އިންސާފަކީ ފުޅިމަދު އުގުރިތޯ ސުވާލް އުފައްދަވާފައެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ކްރިމިނަލް ކޯޓުގެ ހުއްދަޔާއެކު އަދީބު ު ގެއަށް ބަދަލުކުރުމާ ގުޅިގެންނެވެ.

އަދީބުގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލި ކުރިޔަށް ދާއިރު އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ.

މައްސަލަ ނިމެންދެން ބަންދުގައި ހުންނެވި، އަދީބު ގޭބަންދަށް ބަދަލުކޮށްފައިވާކަން ކަރެޝަންސްގެ މީޑީއާ އޮފިޝަލް އަހްމަދު ނަސީމް ވަނީ “ސަންގު” އަށް ކަށަވަރުކޮށް ދެއްވާފަ އެވެ. އެހެން ނަމަވެސް އަދީބު ގެއަށް ބަދަލު ކުރީ ސީދާ ކޮން ދުވަހަކު ކަމެއް އޭނާ ސާފުކޮށް ނުދެއެވެ.

އަދީބު ގޭބަންދަށް ބަދަލު ކުރި ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން ނަސީމް ވިދާޅުވީ، އެއީ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ. އަދި އަދީބު ގެއަށް ބަދަލު ކުރީ ކޯޓުގެ ހުއްދައާއި އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: