ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

23 ޑިސެމްބަރު 2011 ގައި ބޭއްވިފަދަ އެއްވުމަކަށް ދިވެހިން ތައްޔާރުވާން ޖެހޭ: ނިހާން

ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙަސަންމަނިކު. ފޮޓޯ: އެޑިޝަން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

23 ޑިސެމްބަރ2011 ގައި ބޭއްވި ފަދަ އެއްވުމަކަށް ދިވެހިން ތައްޔާރުވާން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ވިލިމާލާ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިފަދައިން ވިދާޅުވެފައި މިވަނީ މަސްތުގެ ހާލަތުގައި ހުއްޓާ އަބަދަށްފެހި މަގުން ރޭ ހައްޔަރުކުރި ބިދޭސީ މީހާ، ދީނަށް ފުރައްސާރަކޮށް އެތައް ވާހަކަތަކެއް ދައްކާފައިވާ ވީޑިއޯއެއް އާންމުވުމާއި ގުޅިގެންނެވެ.

ނިހާން އޭނާގެ ފޭސްބުކް އެކައުންޓަުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރޭ ދީނަށް ފުރައްސާރަ ކުރި މީހާ ދުވަހަކުވެސް ރާއްޖެ ނާދެވޭނެހެން ޑިޕޯޓް ކުރުމައް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ހަރު އަޑުން ގޮވާލާކަމަށެވެ.

މީގެ އިތުރުން ނިހާން ވިދާޅުވީ މިފަދަކަން ކަން ތަކުރާރު ވުމުގެ ކުރިން 3 ޑިސެމްބަރ2011 ގައި ބޭއްވި ފަދަ އެއްވުމަކަށް ދިވެހިން ތައްޔާރުވާން ޖެހޭ ކަމަށެވެ.

އެ ބިދޭސީ މީހާ މަގު މައްޗަށް ވެއްޓިފައި އޮތް ސަރަޙައްދުގައި އޭނާ ގެންގުޅުނު ދިޔާ އެއްޗެއް އަޅާފައިހުރި ބިއްލޫރި ފުޅިއެއް ވެސް ތަޅައިގެންގޮސްފައި އޮތެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، އެކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަޙައްދަށް ދިޔައިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

“މަގުމައްޗަށް މީހަކު ވެއްޓިފައި އޮތްކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން އެ ސަރަޙައްދަށް ދިޔައިރު މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށް ބެލެވޭތީ އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،” ފުލުހުން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުން މިހާދިސާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ މީހެކެވެ

ވަރަށް ގަދަ
22%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 78%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ހަބަރު ފުރިހަމަ ނުވޭ ، ކީއްވެ އޭނާ ގޮވިތަކެތި ނުލިޔުނީ ، އިންޑިޔާ އެންބަސީ އަށް ބިރުން

  2. ޢިންޑިއާ މީހުންގެ ވިޔާނުދާ ސިފަ މިހާރުވެސް ފެންނަން ފެއްޓީ ފުރަމާލޭގެ މައިމަގުމަތިން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: