ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ފަރުވާ ކުޑަ ނުކުރޭ: ނައިބު ރައީސް

ނައިބްރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން  ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ، އެ އަދަދުތައް އަލުން ގިނަވެދާނެކަން ހަނދާންކޮށް ފަރުވާ ކުޑަ ނުކުރުމައް ރާއީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވެފައިމިވަނީ  “ކޯވިޑް ހުއްޓުވާނީ އަހަރެން” ގެ ނަމުގައި މީޑީއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ކެމްޕޭންގައި ހަރަކާތްތެރިވާ މީޑިއާތަކުގެ މަންދޫބުންނާއި ބައްދަލުކުރައްވައި ދެއްކެވި ފާހަކަފުޅުގައެވެ.

މިއަދު މެންދުރުފަހު ދަރުބާރުގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، “ކޯވިޑް ހުއްޓުވާނީ އަހަރެން” ކެމްޕޭންގެ ދަށުން މީޑިއާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ.) އަދި ޞިއްޙީ މާހިރުންގެ އެންގުންތަކާއި އިރުޝާދުތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނަށް ފޯރުކޮށްދީ، މި ބައްޔާއި މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް މީޑިއާތަކުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން، ކޯވިޑް-19 ފެތުރުން ކުރިއަށްވުރެ މަދުވެފައިވާކަން ފާހަގަކުރައްވައި، މި ކަމުގައި މީޑިއާތަކުން އަދާކުރަމުންދާ ދައުރަށް އެ މަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އަދި، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ، އެ އަދަދުތައް އަލުން ގިނަވެދާނެކަން ހަނދާންކޮށް، އެ ކަން އެ ގޮތަށް ވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: