ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ފުރައްސާރަ ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގާސިމް ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް -- ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނަށް ފުރައްސާރަ ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ގާސިމް މިހެން ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާ ރައްޔިތެއްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މި މަހުގެ 2 ވަނަ ދުވަހުގެ ރޭ އަބަދަށް ފެހި މަގުގައި ހިނގި އެ ހާދިސާގައި  މަސްތުގެ ހާލަތުގައި ހުރެ އޭނާ ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކޯޓުތަކަށް ވެސް ގޮންޖަހާފަ އެވެ.

މިކަމާ ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރަކަށް އައިސް މާތްﷲ ވޮޑިގެންނުވާ ކަމަށް ބުނަމުން ދިއުމާއި މާތް ރަސޫލާއަށް މަލާމާތްކޮށް ފާޅުގައި ފާޑުކިއުން ގެންދާ ކަމަށެވެ.

“މި ގައުމުގައި [ދީނަށް] ފާޑުކިޔަމުން ގެންދާކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން، މި ކަމަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން،” ގާސިމް ވިދާޅުވިއެވެ.

މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި ބިދޭސީ މީހާ ފުލުހުން ހައްޔަރު ކުރި ނަމަވެސް ކޯޓުން އޭނާގެ މުއްދަތު އިތުރުކޮށް ނުދިނުމުން އިއްޔެ ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު ބިދޭސީއެއް ރޭ ވަނީ ހައްޔަރު ކޮށްފައި ކަމަށާއި، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ވަނީ ދޫކޮށްލާފައި ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: