ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ފުރައްސާރަކުރި މީހާ ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް އިދިކޮޅުން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަކުރި އިންޑިއާ މީހާ މިހާރުން މިހާރަށް ހައްޔަރު ކޮށް ފިޔަވަޅު އެޅުމަށް އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލާފިއެވެ.

މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި ބިދޭސީ މީހަކު ފުލުހުން ހައްޔަރު ކުރި ނަމަވެސް ކޯޓުން އޭނާގެ މުއްދަތު އިތުރުކޮށް ނުދިނުމުން ވަނީ ދޫކޮށްލާފައެވެ. މަސްތުގެ ހާލަތުގައި ހުރެ އޭނާ ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކޯޓުތަކަށް ވެސް ގޮންޖަހާފަ އެވެ.

ފުލުހުން އިއްޔެ ބުނީ، މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު ބިދޭސީއެއް ރޭ ވަނީ ހައްޔަރު ކޮށްފައި ކަމަށާއި، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ވަނީ ދޫކޮށްލާފައި ކަމަށެވެ.

މިކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަސްތުގެ ހާލަތުގައި ގައި ހުރެ މާތްﷲ އަށް ނިސްބަތްކޮށް ބަދުބަސްބުނެ، އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ގެންދިޔަ އިންޑިއާގެ ރައްޔިތަކު ހައްޔަރު ކުރި ނަމަވެސް، އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި، އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަކީ ދިވެހިރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫނެވެ.

އިދިކޮޅުން ބުނީ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ﷲ ސުބުހާނަހޫ ވަތައާލާ އަށާއި، ދީނަށް ފުރާސަރަ ކުރަމުން ގެންދަނިކޮށް ހައްޔަރު ކުރެވުނު މީހަކު ދޫކޮށްލުމުން، މިސަރުކާރުން ދީނަށް ކުރާ އިހްތިރާމާއި ދެމުން ގެންދާ އަހައްމިއްޔަތުގެ މިންވަރު ވަރަށް ސާފުކޮށް ހާމަވެގެންދާ ކަމަށެވެ. އަދި ސަރުކާރުގެ އެ އަމަލު އެކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

އެފަދަ މީހަކަށް، އެއީ ކޮންމެ ގައުމެއްގެ މީހަކު ކަމުގައިވީނަމަވެސް، މިނިވަންކަމާއެކު، މުޖުތަމައުގައި އާންމުންގެ ތެރޭގައި އުޅެވިގެންވާނެ ކަމަށް އެކޯލިޝަނުން ގަބޫލު ނުކުރާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް އެމައްސަލަ ބަލާ އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާ ތަންފީޒު ކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: