ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1500 އަށް ވުރެ ގިނަ ދަރިވަރުންނާއެކު އޭލެވެލް އިމްތިހާނު ފަށައިފި

ދަރިވަރުންތަކެއް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނަރަ ސަތޭކައަށް ވުރެ ގިނަ ދަރިވަރުންނާ އެކު އޭ ލެވެލް އިމްތިހާނު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭގެ ސްކޫލްތަކުން 1068 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 460 ދަރިވަރުން އޭލެވެލް އިމްތިހާނު ހެދުމުގައި ބައިވެރިވާ ކަމަށެވެ.

އޭ ލެވެލް އިމްތިހާނު މިފަހަރު ރާއްޖޭގެ 37 މަރުކަޒެއްގައި ކުރިއަށްދާނެއެވެ. އޭގެ ތެރެއިން ހަތަރު ސެންޓަރެއް ޤާއިމުކޮށްފައި ވަނީ މާލޭގައެވެ.

މި އަހަރުގެ މޭ އަދި ޖޫން ގައި ބާއްވަން ހަމަޖައްސާފައިވާ އޭލެވެލް އިމްތިހާނު، އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވަން ފަސްކުރީ ކޮވިޑް-19އާ ގުޅިގެންނެވެ.

އޭލެވެލް އިމްތިހާނު ސްކޫލްތަކުގައި ފަށާފައިވަނީ ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: