ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ، އަދީބަށް: ތައުބާވި ކަމަށްވާނީ ރައްޔިތުންގެ ފައިސާ އަނބުރާ ހޯދައިދިނުމުން!

އަދީބުގެ މައްޗަށް އުފުލާފައިވަނީ ހަތް ދައުވާއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތައުބާވި ކަމަށް ބެލެވޭނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އަނބުރާ ހަވާލުކުރުމުން ކަމަށް ގާޒީ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ވެސް ސާބިތުވާކަމަށް ކަނޑައަޅައި 20 އަހަރުގެ ޖަލުހުކުމެއް މިއަދު ކްރިމިނިސް ކޯޓުން ވަނީ އިއްވާފައެވެ.

ހުކުމް އިއްވުމުގެ މަޖިލީހުގައި ގާޒީ ވަނީ އަދީބަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އެގޮތުން ގާޒީ ވިދާޅުވީ އަރައިގަނެވިފައިވަނީ އެތައް ރައްޔިތުންގެ ހައްގަށް ކަމަށާއި ރައްޔިތުންނަށް އިންސާފު ލިބޭނީ އެފައިސާ އަނބުރާ ދިނުމުން ކަމަށެވެ.

ގާޒީ ވިދާޅުވީ އަދީބު ކުރެއްވީ ދިވެހި ދައުލަތް ލަދުގަނެ މުޅި ދުނިޔެއަށް ފަޟީހަތްވި ކަމެއް ކަމަށެވެ. އެ ވާހަކަ މިއަދު ދެއްކެވީ އަދީބަށް ދެރަ ގޮތެއް އެދިގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ޒުވާނެއްގެ ގޮތުގައި އަދީބު މަގާމަށް ވަޑައިގެންނެވި ގޮތް ހަނދުމަ ކުރެއްވުމަށް ވެސް ގާޒީ ވަނީ އަދީބަށް ނަސޭހަތްތެރިވެފައެވެ.

އަވަސް ނިޔާގެ މައްސަލައިގައި އަދީބު ކުށަށް އިއުތިރާފުވެ، މައްސަލަ ސާބިތުވެފައިވާތީ އެނާގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގައި އެއް މިލިއަން ޑޮލަރުން ޖޫރިމަނަކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: