ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 1 މަހަށް ދަންމާލައިފި

ކޮވިޑްގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.

ހެލްސް މިނިސްޓްރީ ވަގުތީގޮތުން ހިންގުމާއި ހަވަލުވެހުންނެވި، މިނިސްޓަރު އަސްލަމް ސޮއިކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވާ ގަރާރުގައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ފުޅާދާއިރާއެއްގައި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަދިވެސް އަޅަންޖެހޭކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭކަމަށް ލަފާދީފައިވާ ކަމަށެވެ.

އެހެންކަމުން 12 މާޗް އިން ފެށިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ގަރާރުގައި ވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނޮވެމްބަރު 5 އާއި ހަމައަށް އިތުރުކުރިކަން އިއުލާން ކުރުމަށްފަހު، ހެލްތް މިނިސްޓްރީން ވަނީ، ވަގުތާއި ހާލަތަށް ރިއާއަތްކޮށް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތަށް އަޅަމުން ގެންދިއުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާފައެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: